ads
ފިތުރުއީދު ފާހަގަ ކުރަން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ:އެޗްޑީސީ
ބޮޑުއީދު ފާހަގަކުރަން ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ކުރިއަށް އޮތް ބޮޑު އީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމަށް ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓްރީން ހުޅުވާލައިފި އެވެ.

ކަލްޗާ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓްރީ އާ ގުޅިގެން މި އަހަރުގެ ބޮޑުއީދު ފާހަގަ ކުރަން ބޭނުންވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ނުވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން މިނިސްޓްރީ އާ ގުޅިގެން އީދު ފާހަގަ ކުރާނެ ތިން ރަށެއް ކަނޑައަޅާނެ އެވެ. މިނިސްޓްރީން ބުނެފައި ވަނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ބޮޑުއީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އީދުގައި އެ ރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކައުންސިލުން ކުރާނެ ހަރަދުތަކާ އަދި އަގެއް ނުނަގާ އެ ރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ.

ބޮޑު އީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން ޕްރޮޕޯސަލް ތައްޔާރު ކުރުމަށްފަހު މެއި މަހުގެ ނުވަވަނަ ދުވަހުގެ މެންދުރު 1:00 ގެ ކުރިން އެ މިނިސްޓްރީއަށް ޕްރޮޕޯސަލް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.

މި އަހަރުގެ ބޮޮޑު އީދު ދިމާވަނީ އަންނަ ޖޫން މަހުގެ 17 ވަނަ ދުުވަހާ އެވެ. ރާއްޖޭގެެ ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަ ކުރުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް