ads
ނ. އަތޮޅު ހޮސްޕިޓަލް
ނ. އަތޮޅު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަނީ
ނ. އަތޮޅު ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޑޮކްޓަރުން ހޯދަން އެ ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ.

އެ ހޮސްޕިޓަލުން އެކި ދާއިރާތައް ހިމެނޭ ގޮތަށް 17 ޑޮކްޓަރުން ބޭނުންވާކަމަށެވެ. އަދި މި ޑޮކްޓަރުން މަސައްކަތް ކުރަންޖެހޭނީ ނ. އަތޮޅު ހޮސްޕިޓަލާއި ނ. ވެލިދޫ ސިއްހީ މަރުކަޒުގައިކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

ޑޮކްޓަރުން ހޯދާ ދާއިރާތައް 

  • 11  ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓް / މުސާރަ  40229.00 
  • 10  ކޮންސަލްޓަންޓް ސްޕެޝަލިސްޓް  / މުސާރަ 36277.00  
  • 9  ކޮންސަލްޓަންޓް ސްޕެޝަލިސްޓް  / މުސާރަ 32632.00 
  • 8  ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރ  / މުސާރަ 29275.00 
  • 8 ސްޕެޝަލިސްޓް ރެޖިސްޓްރަރ  / މުސާރަ 26231.00   

މި މަގާމަތަކުގެ ތެރެއިން ސީނިއަރ ކޮންސަލްޓަންޓް ސްޕެޝަލިސްޓަށް މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 23040.00 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮމްމެ ދުވަހަކަށް  624.00 ރުފިޔާ ލިބޭނެއެވެ. 

ކޮންސަލްޓަންޓް ސްޕެޝަލިސްޓަށް މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 20777.00  ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮމްމެ ދުވަހަކަށް  562.00  ރުފިޔާ ލިބޭނެއެވެ.

ކޮންސަލްޓަންޓް ސްޕެޝަލިސްޓަށް މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު  18689.00 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮމްމެ ދުވަހަކަށް 506.00 ރުފިޔާ ލިބޭނެއެވެ. 

ސީނިއަރ ސްޕެޝަލިސްޓް ރެޖިސްޓްރަރއަށްް  މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 16767.00  ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮމްމެ ދުވަހަކަށް 454.00 ރުފިޔާ ލިބޭނެއެވެ.

ސްޕެޝަލިސްޓް ރެޖިސްޓްރަރ އަށްް  މުސާރައިގެ އިތުރުން މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 15023.00 ރުފިޔާ ލިބޭނެއެވެ. އަދި މަސައްކަތަށް ނުކުންނަ ކޮމްމެ ދުވަހަކަށް 407.00  ރުފިޔާ ލިބޭނެއެވެ.

މިމަގާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 2 ވަނަ ދުވަހުގެ 14:00 ހަމައަށްް ހުޅުވާލާފައިވާކަމަށް ނ. އަތޮޅު ހޮސްޕިޓަލުން ބުނެއެވެ. މިމަގާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން [email protected] ފޮނުވުމަށް އެ ހޮސްޕިޓަލުން ބުނެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް