ads
ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން އެޗްޑީސީން އަންނަނީ ތައްޔާރުވަމުން - ފޮޓޯ:އެޗްޑީސީ
ހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން ހުޅުވާލަނީ
ހަމައެކަނި ދިވެހިންނަށް ބިން ގަނެވޭ ގޮތަށް ކަނޑައަޅައި، ތިލަފުށިން ބިން ވިއްކަން ހުޅުވާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމަށާއި ވިޔަފާރީގެ ތަފާތު ބޭނުންތަކަށް އަމާޒުކޮށް ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލަނީ މާލޭ ސަރަހައްދުގައި ވިޔަފާރިކުރާ ފަރާތްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ވިޔަފާރި ހަރަކާތް ހިންގުމުގެ ދާއިމީ ފުރުސަތު ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

your imageހަމައެކަނި ދިވެހިންނަށް ގަނެވޭ ގޮތަށް ތިލަފުށިން ބިން ވިއްކަން އެޗްޑީސީން އަންނަނީ ތައްޔާރުވަމުން - ފޮޓޯ:އެޗްޑީސީ

ތިލަފުށިން ބިން ވިއްކުމަށް އަލުން ހުޅުވާލާއިރު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެހެމެއްޓެނިވި ގޮތެއްގައި ތަރައްގީ ކުރުމަށް ފުރުސަތު ހޯދައިދޭން އެ ކޯޕަރޭޝަނުން އިސްކަން ދޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެޗްޑީސީން ބުނެފައި ވަނީ އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެކަށީގެންވާ އަގުތަކެއްގައި ބިން ދޫކުރަން އެ ކޯޕަރޭޝަނުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. 

މީގެ އިތުރުން ތިލަފުށީގައި ބިން ބޭނުން ކުރެވޭ ނިސްބަތަށް ބަލައި އިތުރު ބިން ކުއްޔަށް ދޫކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.  

އެޗްޑީސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ގިނަ ވަސީލަތްތައް ގާއިމުކޮށް ހިދުމަތްތައް އިތުރަށް ތަރައްގީ ކުރުމަށް ކަމުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް