ads
ޔާޔާ
އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލް ބަންދަށް 15 ދުވަސް
ޓިކްޓޮކްގައި އަންހެންދުޅާ ވެގެން އުޅޭ ފިރިހެން މީހާ، މުހައްމަދު ނަބީލުގެ ބަންދަށް 15 ދުވަހުގެ ކޯޓުން ޖަހާދީފިއެެވެ.

މީނާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ އިއްޔެއެވެ.  

ޔާޔާގެ ނަމުގައި މަޝްހޫރުވެފައިވާ ރަނޑު މި ފިރިހެން މީހާ ހައްޔަރުކޮށްފައި މިވަނީ ފަހަކަށް އައިސް އަނެއްކާވެސް އަންހެން ހެދިގެން ޓިކްޓޮކް ކުޅެމުންދާތީ ގިނަ ބަޔަކު އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މީގެ ކުރިންވެސް ފުލުހުން ވަނީ އޭނާގެ މި ފަދަ މައްސަލައެއް ބަލާފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ރަނޑު ފިރިގެން މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމު ކުރަމުންދާ މައްސަލައިގައެވެ.

ޔާޔާގެ މައްޗަށް ފުލުހުން ވަނީ މީގެކުރިންވެސް އޮރިޔާން ކާޑު ގެންގުޅުމާއި އޮރިޔާން ކާޑު ހެދުމުގެ ދައުވާކޮށްފަ އެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރިޔަސް ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް