ads
އަބްދުﷲ މައުމޫން
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީގެ މައްޗަށް ހަތް ދައުވާއެއް
މޯލްޑިވްސް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫނުގެ މައްޗަށް ރިޝްވަތުގެ ހަތް ދައުވާއެއް އުފުލައިފިއެވެ.

މޯލްޑިވްސް ގޭސްގެ އެމްޑީކަން، މައުމޫން ކުރައްވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުﷲ މައުމޫނުގެ މައްޗަށް ކުރާ ދައުވާތައް މިދިޔަ ހަފްތާގައިވަނީ ކޯޓަށް ހުށަހަޅާފައެވެ.

އޭނާގެ މައްޗަށް އުފުލީ ރިޝްވަތު ހިފުމުގެ ކުށުގެ ހަތް ދައުވާއެވެ. އެއިން ކޮންމެ ދައުވާއެއްގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތް ދައުވާއަށް ޖުމުލަ އެއީ، ގާތްގަނޑަކަށް 22 އަހަރާއި ތިން މަހުގެ މުއްދަތެކެވެ.

އަބްދުﷲ މައުމޫނަށް މި ދައުވާތައް އުފުލި އިރު އޭނާ މިހާރު ދިރިއުޅެނީ ރާއްޖޭން ބޭރުގަ އެވެ. އޭނާ ހައްޔަރުގައި ބަހައްޓައިގެން ޝަރީއަތަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ކޯޓުގައި އެދުމަށް ވެސް ޕީޖީން ނިންމާފައިވެއެވެ. އަދި އެ އަމުރުގެ ދަށުން އިންޓަޕޯލް މެދުވެރިކޮށް ރާއްޖެ އަނބުރާ ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް