ads
ހީނާމާގޭ ޕާކިން ޒޯނަށް ބަޔަކު ކުނި އަޅަނީ
ހިނާމާގޭ ޕާކިން ޒޯނަށް ކުނި އަޅާ ބައެއްގެ ވީޑިއޯ އާއްމުކޮށްފި
މަޖީދީމަގު ހިނާމާގޭ ޕާކިން ޒޯނަށް ތަކުރާރުކޮށް ކުނި އަޅަމުން ދިޔަ ބައެއްގެ ވީޑިއޯ މާލޭ ސިޓީ ކައުންސިލުން އާއްމުކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ހީނާމާގޭ ޕާކިން ޒޯނަށް ކުނި އެޅި ބައެއް ފަރާތްތައް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެ މީހުން ހޯދާ ޖޫރިމަނާކޮށްްފައިވާކަމަށް އެ ކައުންސިލުން ބުނެއެވެ. 

މިދިޔަ ރޯދަމާއި ދިމާކޮށްް މާލޭގެ މަގުތަކަށް ކުނި އެޅުން އިތުރުވެގެންދިޔައެވެ. ހާއްސަކޮށްް ގެތައް ސާފުކުރުމަށްފަހު އުކާލަން ޖެހޭ އެއްޗެހި ބައެއް އުކާލަމުން ދިޔައީ މަގުތަކާއި ގޯޅިގޯޅި ކަންމައްޗަށެވެ. މާރިޗުމަހުގެ ފުރަތަމަ 19 ދުވަހު މާލޭގެ މަގުތަކުން 400 ވުރެ ގިނަ ޓަނުގެ ކުނި ސިޓީ ކައުންސިލުން ވަނީ ނަގާފައެވެ. 

މަގުތަކަށް ކުނިއެޅުން ބޮޑުވެ ކައުންސިލުން ވަނީ ކުނި އަޅާ މީހުން ހޯދާ އެމީހުން ޖޫރިމަނާ ކުރަން ފަށާފައެވެ. މިގޮތުން 100 ވުރެ ގިނަ މީހުންވަނީ ޖޫރިމަނާ ކޮށްފައެެވެ. ކުނި އަޅާ ކޮންމެ މީހަކުވެސް ޖޫރިމަނާ ކުރަނީ 500 ރުފިޔާއިންނެވެ.

your imageމަގުތަކަށް ކުނިއަޅާ މީހުންގެ ފޮޓޯ ވީޑިއޯ ފޮނުވަމަށް ކައުންސިލް އާއްމުކުރި ނަމްބަރު 

މާލޭގެ މަގުތަކަށް ކުނި އެޅުން ބޮޑުވެ ކައުންސިލުން ވަނީ ކުނިއަޅާ މީހުންގެ ފޮޓޯ އަދި ވީޑިއޯ ފޮނުވާދިނުމަށް އެދެފިއެވެ. އަދި އެކަމަށް ހާއްސަ ވަޓްސް އަޕް ނަމްބަރެއް ވަނީ ތައާރަފުވެސް ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް