ads
ސްކޭމް ކޯލްތައް މަދުކުރަން ޑީއެންއާރާއި ދިރާގުން އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:ދިރާގު
ސްކޭމް ކޯލްތައް މަދުކުރަން ޑީއެންއާރާއި ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފި
ސްކޭމް ކޯލްތައް ހުއްޓުވުމަށް އެހީތެރިވެދޭ އެއްބަސްވުމެއްގައި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އާއެކު ސޮއިކޮށްފި އެވެ.

ދިރާގާ އެކު ވެވުނު މި އެއްބަސްވުމަކީ ރައްޔިތުންގެ މައުލޫމާތު ހިއްސާކުރުމަށް ދެ ފަރާތުން ގެންގުޅެން ޖެހޭ އުސޫލުތައް ބަޔާންކުރާ އެއްބަސްވުމެއް ކަމަށް ޑީއެންއާރު ބުނެ އެވެ.

ޑީއެންއާރުން ބުނެފައި ވަނީ މި އެއްބަސްވުމުގައި ސޮއިކުރެވުމާ އެކު އެ އިދާރާގެ އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ސައްހަކަށް އެ އިދާރާގެ ޑޭޓާ މެދުވެރިކޮށް ކަށަވަރުކުރެވޭނެ ކަމަށް ޑީއެންއާރު ބުނެ އެވެ. 

your imageސްކޭމް ކޯލްތައް މަދުކުރަން ޑީއެންއާރާއި ދިރާގުން އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:ދިރާގު

ޑީއެންއާރުން ބުނި ގޮތުގައި މި އެއްބަސްވުމާ އެކު މިހާރު އާންމުވަމުންދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމުގަ އެވެ. އެއީ ކޮންމެ މީހަކު ވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ހިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މައުލޫމާތު އެ އިދާރާގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ ކަމަށް ޑީއެންއާރުން ބުނެ އެވެ. 

އެ އިދާރާއިން އިތުރަށް ބުނީ އޮޅުވާލައިގެން ސިމްކާޑު ނެގުން ވެސް މި އެއްބަސްވުމާ އެކު ހުއްޓުވިގެން ދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް