ads
އޭސީސީ ތަހުގީގުތަކާ ގުޅުންހުރި ބަޔާންތަކާއި ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން އިފްތިތާހުކުރުން - ފޮޓޯ:އޭސީސީ
އޭސީސީގެ ތަހުގީގުތަކުގެ ބަޔާންތައް ލިޔާ "ކާތިބު" އިފްތިތާހުކޮށްފި
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރިއަށްގެންދާ ތަހުގީގުތަކާ ގުޅުންހުރި ބަޔާންތަކާއި ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން "ކާތިބު" އިފްތިތާހުކޮށްފި އެވެ.

ކާތިބު އެޕްލިކޭޝަން އިފުތިތާހު ކުރުމަށް އޭސީސީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން އިފުތިތާހުކޮށްދެއްވާފައި ވަނީ އޭސީސީގެ ރިޓަޔަޑް ސުޕްރިންޓެންޑެންޓް އޮފް އިންވެސްޓިގޭޝަން އަބްދުލްއަޒީޒު މޫސާ އެވެ.

އޭސީސީން ބުނީ މި އެޕްލިކޭޝަނަކީ އެ ކޮމިޝަނުގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓްކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ފުރިހަމަކުރެވުނު އެއް މަސައްކަތް ކަމަށެވެ. މި އެޕްލިކޭޝަނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ދިވެހި ބަހުން ދައްކާ ވާހަކަ ވަގުތުން ލިޔުމާއި ތަރުތީބުކޮށް ބެލެހެއްޓުމުގެ ގާބިލުކަން ހޯދޭނެ އެޕްލިކޭޝަނެއް ކަމަށް އޭސީސީން ބުނެ އެވެ. އޭސީސީން ބުނެފައި ވަނީ އެޕްލިކޭޝަން އިފުތިތާހުކުރުމުގެ ކުރިން، މި އެޕްލިކޭޝަނަށް އަހުލުވެރިވެ ފަރިތަކުރުމުގެ ގޮތުން، ފާއިތުވި ހަތަރު ވަރަކަށް މަހުގައި ކޮމިޝަނުގައި ބޭނުންކޮށްފައިވާ ކަމަށެވެ.

މި އެޕްލިކޭޝަނުގެ ސަބަބުން ގާނޫނުން ކޮމިޝަނުގެ މައްޗަށް އޮންނަ ބައްދަލުވުންތަކުގެ ޔައުމިއްޔާ އަކުރުން އަކުރަށް ލިޔުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނުގެ މުވައްޒަފުން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑުތަނުން ކުޑަކުރެވިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ. އޭސީސީން އިތުރަށް ބުނި ގޮތުގައި ތަހުގީގުތަކުގެ ބޭނުމަށް ކޮމިޝަނުން ނަގާ ބަޔާންތައް ޓައިޕުކުރުމަށް ކޮމިޝަނުގެ އިންވެސްޓިގޭޓަރުން ހޭދަކުރާ ވަގުތު ވެސް ބޮޑުތަނުން ކުޑަކުރެވޭނެ ކަމުގަ އެވެ.

your imageއޭސީސީ ތަހުގީގުތަކާ ގުޅުންހުރި ބަޔާންތަކާއި ކޮމިޝަނުން ބާއްވާ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް އަމިއްލައަށް ލިޔާ އެޕްލިކޭޝަން އިފްތިތާހުކުރުން - ފޮޓޯ:ސިނެޓެކްސް

މި އެޕްލިކޭޝަން އުފެއްދި ސިނެޓެކްސް ޕްރައިވެޓް ލިމިޓެޑުން މައުލޫމާތުދޭ ގޮތުގައި "ސްޕީޗް ޓް ޓެކްސްޓް" ގެ އިތުރުން ޔައުމިއްޔާ އާއި ބަޔާން ހުލާސާކުރުން ފަދަ އިތުރު ފީޗާތައް މި އެޕްލިކޭޝަނަށް ވަރަށް އަވަހަށް އިތުރުކުރެވޭނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް