ޔުނައިޓެޑުން 12 ވަރަކަށް ކުޅުންތެރިން ދޫކޮށްލަނީ
ސްޕޯޓްސް ޓީމް
25 އޭޕްރީލް 2024 - 18:49:49
މި ސީޒަން ނިމުމަށް ފަހު މެންޗެސްޓަ ޔުނައިޓެޑުން 12 ވަރަކަށް ކުޅުންތެރިން ދޫކޮށްލައި ސްކޮޑް އޯވަހޯލް ކުރާނެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ ސީޒަނަތަށް ޓީމު އޯވަހޯލް ކުރުމުގެ ގޮތުން ޖުމްލަ 12 ވަރަކަށް ކުޅުންތެރިން ދޫކޮށްލުމުގެ ޕްލޭނެއް ޔުނައިޓެޑުން ގެންގުޅެއެވެ.
އަންނަ ސީޒަނަށް ދޫކޮށްލާ ކުޅުންތެރިންގެ ތެރޭގައި މާކަސް ރަޝްފޯޑް އަދި ކަސެމީރޯވެސް ހިމެނޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. އެހެންނަމަވެސް ކްލަބުން ރަސްމީކޮށް މިކަމުގައި އަދި ވާހަކަ ނުދައްކައެވެ.
ކުޅުންތެރިންތަކެއް ދޫކޮށްލުމުގެ ވިސްނުން ޔުނައިޓެޑުން ގެންގުޅެނީ، މިހާރު ނަތީޖާތައް އެކަށީގެންވާ ވަރަށްވުރެ ދަށްވުމުންނެވެ. ޗެމްޕިއަންސް ލީގުން ކަޓާފައިވާއިރު، ޕްރިމިއަރ ލީގުގައިވެސް ގަދަ ހަތަރެއްގެ ތެރޭގައި ޔުނައިޓެޑު ނުހިމެނެއެވެ.
0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް