ads
ޒިކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު - ފޮޓޯ: އިސްލާމިކް މިނިސްޓްރީ.
ޒިކުރާ މިސްކިތް ހުރި ބިމުގައި ބިނާކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި
ޒިކުރާ މިސްކިތުގެ ބިމުގައި ހަދާފައިވާ ވަގުތީ އިމާރާތް ތަޅާލައި، އެ ބިމުގައި ބޮޑު އަދި އެންމެ ޒަމާނީ އާ މިސްކިތެއް އިމާރާތް ކުރުމަށްޓަކައި މިރޭ ބިންގާ އަޅައިފި އެވެ.
Advertisement

މި ކަމަށްޓަކައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އަމިއްލަ ފަރާތެއްގެ އެހީތެރިކަމާ އެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ. މި މިސްކިތް ވާނީ މާލެ ސަރަޙައްދުގައި އަޅާ ޖާގަ ތަނަވަސް، 1،500 މީހުންގެ ޖާގައިގެ މިސްކިތަކަށެވެ.

"އިންޝާ ﷲ. އަމާޒަކީ ދޮޅުއަހަރުން މި މަޝްރޫއު ނިންމުން." ޝަހީމް ވިދާޅުވި އެވެ.

މި މިސްކިތުގެ އަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;