ads
ގޮވި ޕާރިސަލް
ހަދިޔާއަކަށް ފޮނުވީ ބޮމެއް: މީހަކަށް ސީރިއަސް އަނިޔާތަކެއް
އިންޑިއާގެ މަހާރާޝްތުރާގެ ލާތޫރު ސިޓީގައި ކޫރިއާ އޮފީހެއްގެ ބޭރުގައި އޮތް ޕިކަޕަކުން މުދާ ބާލަން އުޅުމުގެ ތެރޭގައި ޕާރުސަލެއް ކުއްލިއަކަށް ގޮވައި މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ. 
Advertisement

މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ވިލާސްރާއޯ ދޭޝްމުކް މާގުގައި ހުންނަ ކޫރިއާ އޮފީހެއްގެ ކުރިމަތީގައެވެ.

ހާދިސާ ހިނގި ވަގުތު ނަގާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، ޕާރުސަލް ގޮވާފައިވަނީ ވެހިކަލް ތެރޭގައި ހުރި މުދާތައް ބާލަން އެތެރޭގައި ހަރަކާތްތެރިވަމުން ދިޔަ ވަގުތުގައެވެ. މި ބާރުގަދަ ގޮވުމާ އެކު މުޅި ސަރަހައްދަށް ބޮޑު ސިހުމެއް ލިބިގެން ދިޔައިރު، ވެހިކަލް ތެރޭގައި ހުރި ކޫރިއާ ކުންފުނީގެ މުވައްޒަފަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.

އަނިޔާވި މުވައްޒަފު ވަގުތުން ކައިރީގައި ހުންނަ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވާއިރު، އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފައެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި މިހާރު ވެސް ދަނީ ހާއްސަ ފަރުވާ ދެމުންނެވެ. 

މި ހާދިސާއާ ގުޅިގެން ލާތޫރުގެ ފުލުހުންނާއި، ބޮން ޑިސްޕޯސަލް ސްކޮޑްގެ އިތުރުން ފޮރެންސިކް ޓީމުތަކުން ވަނީ އެ ސަރަހައްދަށް ގޮސް ތަހުގީގު ފަށާފައެވެ. ފުލުހުންގެ އޮފީހުން ބުނީ ގޮވި ޕާރުސަލުގައި ހުރީ ކޮން އެއްޗެއްކަމާއި، ގޮވަން މެދުވެރިވި ސަބަބު ދެނެގަތުމަށް ސާމްޕަލްތައް ނަގައި ތަހުލީލު ކުރަމުންދާ ކަމަށެވެ.

ފުލުހުން މިހާރު ދަނީ އެ ޕާރުސަލް ފޮނުވި ފަރާތާއި އެ ލިބެންޖެހޭ ފަރާތް ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި އެއްވެސް ނުރައްކާތެރި މާއްދާއެއް ގަވާއިދާ ހިލާފަށް އުފުލާފައިވޭތޯ ބެލުމަށް އެކްސްޕްލޯސިވްސް ގާނޫނުގެ ދަށުން މައްސަލަ ދަނީ ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް