ads
ކޭންސަރު ހުއްޓުވުމަށް އެމްއައިޓީން އާ ވެކްސިނެއް އުފައްދައިފި
އުންމީދީ ހަބަރެއް: ކެންސަރު ހުއްޓުވުމަށް އެމްއައިޓީން އާ ވެކްސިނެއް އުފައްދައިފި
މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ބަޔޯއެންޖިނިއަރުން، ކޭންސަރު ބައްޔަށް ފަރުވާ ކުރުމަށްޓަކައި ހާއްސަ އާ ވެކްސިނެއް އުފައްދައިފިއެވެ. މި ވެކްސިނަކީ ކޮންމެ ބަލިމީހަކަށް ވަކިން ހާއްސަކޮށްގެން، އެ މީހަކަށް ބޭނުންވާ ގޮތަށް ތައްޔާރުކުރެވޭ ޕަރސަނަލައިޒްޑް ކޭންސަރު ވެކްސިނެކެވެ.
Advertisement

ސައިންސްވެރިން މި ވެކްސިން އުފެއްދުމުގައި ބޭނުންކޮށްފައިވަނީ އިންސާނުންގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ނުދޭ ބެކްޓީރިއޯފޭޖް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ނެނޯސްކޭލް ޕާޓިކަލްތަކެކެވެ.

މި ނެނޯސްކޭލް ޕާޓިކަލްތަކުގެ މައިގަނޑު ބޭނުމަކީ ކޭންސަރު ބަލިޖެހިފައިވާ ބަލިމީހާއަށް ޚާއްޞަކޮށްގެން ތައްޔާރުކުރެވޭ ވެކްސިން، އެމީހެއްގެ ހަށިގަނޑަށް ސީދާ ފޯރުކޮށްދިނުމެވެ. އެމްއައިޓީގެ ބަޔޯއެންޖިނިއަރުން ބަޔާންކުރާ ގޮތުގައި، މިއީ ބަލިމީހާގެ ބޭނުންތަކަށް ބަލައި ބަދަލުކުރެވޭ (ކަސްޓަމައިޒް ކުރެވޭ) ގޮތަށް ފަރުމާކުރެވިފައިވާ ނެނޯފައިބަރ ވެކްސިނެކެވެ.

މި ވެކްސިންގެ ނަތީޖާ ދެނެގަތުމަށްޓަކައި ކުރިއަށްގެންދިޔަ ޕްރީކްލިނިކަލް ޓްރަޔަލްތަކުން ނުވަތަ ކްލިނިކަލް މަރުޙަލާގެ ކުރިން ކުރެވުނު ތަޖުރިބާތަކުން ވަނީ އުއްމީދީ ނަތީޖާއެއް ދައްކާފައެވެ. އެގޮތުން، ބޭނުންވާ ގޮތަށް ބަދަލުކުރެވޭ މި ނެނޯފައިބަރ ވެކްސިނުން ވަނީ ކޭންސަރު ޓިއުމަރު އުފެދި ބޮޑުވުން ކާމިޔާބުކަމާއެކު ހުއްޓުވައިދީފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް