ޒަކާތު ހައުސްއިން ބުނީ މިއަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މާލެ ސަރަހައްދުން ބަލައިގަނެފައިވާ ގޮވާމުގެ ބާވަތްތައް މިއަދާއި މާދަމާ ބަހަމުން ދާނެ ކަމަށެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ލިބުނު ތަކެތި ބަހަމުން ދާނީ މާލޭގައި ހުންނަ ސެންޓަރ ފޯ ހަޔާ އެޑިއުކޭޝަންގަ އެވެ.
އެގޮތުން މިއަދާއި މާދަމާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00އަށް އަދި މެންދުރު 13:00 އިން 15:00 އަށްވެސް ޒަކާތް ބަހަމުން ދާނެކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެއެވެ.
އެ ތަކެތި ބެހުމަށް ހަމަޖެހިފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެ ސިޓީގައި ދިރިއުޅޭ މީހުންނަށެވެ.
ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ރަމަޟާން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަމަޖައްސަ އެވެ. އެގޮތުން މިފަހަރުވެސް ފުރަތަމަ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސި އެވެ. އެއަށްފަހު އޮންލައިންކޮށް ޒަކާތް ދެއްކުމަށް އުނދަގޫވާ ފަރާތްތަކަށް އެ އިންތިޒާމް ޒަކާތު ހައުސްއިންވަނީ ހަމަޖައްސާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;