ads
ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފައިލް ފޮޓޯ: ރައީސް އޮފީސް
އިންޑިއާ-ރާއްޖެ އެފްޓީއޭގެ ޓީއޯއާރުގައި ސޮއިކޮށްފި
އިންޑިއާއާއި ރާއްޖެއާ ދެމެދު ސޮއިކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިވަން ވިޔަފާރި އެއްބަސްވުމުގެ، ޓާމްސް އޮފް ރިފަރެންސް ނުވަތަ ޓީއޯއާރްގައި އިންޑިއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާކަމަށް އިންޑިއާގެ ކޮމާސް މިނިސްޓްރީން ހާމަކޮށްފި އެވެ.
Advertisement

އިންޑިއާގެ ކޮމާސް މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި، މި ޓީއޯއާރުގެ ސަބަބުން މަޝްވަރާތައް ކުރިއަށްދާނެ ދާއިރާތަކާއި އޮނިގަނޑާއި އުސޫލުތައް ކަނޑައެޅި، ރަސްމީ ވާހަކަތަކަށް މަގުފަހިވެގެންދާނެ އެވެ.

އާންމު ގޮތެއްގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގެ ދަށުން ގިނަ ބާވަތްތަކެއްގެ މުދަލުން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުން ނުވަތަ އުނިކުރުން ހިމެނެ އެވެ. މީގެ އިތުރުން، ހިދުމަތްތަކުގެ ވިޔަފާރި ފަސޭހަކުރުމާއި ބޯޑަރު ހުރަސްކޮށް ކުރެވޭ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް ފިޔަވަޅުތައް އެޅިގެންދާނެ އެވެ.

ޓީއޯއާރް އަކީ ވިޔަފާރީގެ އެއްބަސްވުން ކުރިއަށްދާނެ ދާއިރާތަކާއި އުސޫލުތައް ކަނޑައަޅާ މައިގަނޑު އޮނިގަނޑެވެ. 

އިކޮނޮމިކް މިނިސްޓްރީން ކުރިން ބުނި ގޮތުގައި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަގުސަދަކީ ވިޔަފާރީގެ ފުރުސަތުތައް އިތުރުކޮށް އިގުތިސާދީ ގުޅުން ބަދަހިކުރުމަށް ފުރިހަމަ އިދާރީ އޮނިގަނޑެއް ގާއިމުކުރުމެވެ. 

އެފްޓީއޭއާއެކު އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފަސޭހަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ. ރާއްޖޭން ވަނީ އިންޑިއާއާ ވާދަވެރި ޗައިނާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލައި އަމަލުކުރަން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;