ads
ވަ އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު މީހުން
މީހުން ހޯދުމުގެ އޮޕަރޭޝަނަށް ތަކެއްޗާއިއެކު ބޭރުގެ ޑައިވަރުން އަތުވެއްޖެ
ވ. އަތޮޅުގައި ޑައިވްކުރަނިކޮށް ގެއްލުނު އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމުގެ ރޭޝަންގައި ބައިވެރިވިވުމަށް ބޭރުގެ ތިން ބޭރުގެ ތިން ޑައިވަރުން މިއަދު ރާޢްޖެ އަތުވެއްޖެއެވެ.
Advertisement

މިދިޔަ ބުރާސްފަތި ދުވަހު ހިންގި ހާދިސާގައި ގެއްލުނު ފަތުރުވެރިން ހޯދަން މަސައްކަތް ކުރަމުންދިޔަ އެމްއެންޑީއެފްގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ އިއްޔެ ނިޔާވެފައެވެ. އޭނާ ނިޔާވީ އެމީހުން ހޯދުމަށް މައްޗަށް ނަރައިގެން ގޮސް ބެލިއިރު ކަޏޑު އަޑީގއި ހޭނެތިފައި އޮތުމުން ނަގައިގެން ގެނެސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. 

މަހުދީ ނިޔާވުމާއި އެކު ސިފައިން ވަނީ އެމީހުން ހޯދުމަށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލާފައެވެ. 

ސަރުކާރުން ބުނީ މި އޮޕަރޭޝަންގައި ބައިވެރިވުމަށް ފިންލޭންޑްގެ ތިން ޑައިވަރުން މިއަދު ރާއްޖެ އައިސްފައިވާކަށެވެ. އަދި އެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން، ރާއްޖެއައީ އެކަމަށް ބޭނުންވާ ސާމާނާ އެކުކަމަށްވެސް ސަރުކާރުން ބުނެއެވެ. 

އިޓަލީގެ ފަސް ޑައިވަރުން މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގަ އެވެ. ނަމަވެސް ދިވެހި ކޯސްޓްގާޑު ޑައިވަރުން ތަމްރީންވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވް ކުރުމަށެވެ. 

ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ބާކީ ހަތަރު މީހުންގެ ހަށިގަނޑު ވަނީ ހޮހޮޅަ ތެރޭގައި ކަމަށް ބެލެވެ އެވެ. 

ޑައިވް ކުރުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހޮހޮޅައިގެ އެންޓްރެންސް ނުވަތަ ވަންނަ ދޮރު ހުންނަނީ 55 މީޓަރާއި 60 މީޓަރާ ދެމެދުގެ ހިސާބެއްގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;