ads
އެސްޓީއޯގެ އެމްޑީ ޝިމާދު އިބްރާހިމް
ފެނަކައިން އެސްޓީއޯއަށް ލިބެންޖެހޭ އެއްބލިޔަން ރުފިޔާގެ ދަރަނި ދައްކައިފި
ފެނަކަ އިން އެސްޓީއޯ އަށް ދައްކަންޖެހޭ ދަރަނީގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާރު ދައްކާފައިވާ ކަމަށް އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

ޝިމާދު މިކަން ހާމަކުރީ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ކުންފުނީގެ މާލީ ރިޕޯޓް ހިއްސާކުރައްވަމުން ޝިމާދު ވިދާޅުވީ ފެނަކަ އިން ލިބެންޖެހޭ ފައިސާ ނުލިބި އޮތުމަކީ ކޮންމެ އަހަރެއްގައި ވެސް ހިއްސާދާރުންގެ ކަންބޮޑުވުންތައް އޮތް މައްސަލައެއްކަމަށެވެ. އެހެންކަމުން އެ ކަން ހައްލުކުރުމަށް ކުރި މަސައްކަތުން ފެނަކައިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއް ބިލިއަން ރުފިޔާ މިހާރު އެސްޓީއޯ ދައްކާފައިވާކަމަށް ޝިމާދު ވިދާޅުވިއެވެ.

2021 ވަނަ އަހަރުން ފެށިގެން ފެނަކަ އިން އެސްޓީއޯ އަށް ތެލަށް ދައްކަން ޖެހޭ ފައިސާ ނުދައްކާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. 

ފެނަކައިން ދައްކަންޖެހޭ ފައިސާ ލިބުމުގެ އިތުރުން އެސްޓީއޯ ހުޅުމާލެ ހޮޓާ މަޝްރޫއު ގެ ބަދަލުގައި އެ އަގަށްވާ ވަރުގެ ބިމެއް ހުޅުމާލެއިން ލިބިފައިވާކަމަށް ރޭ ޝިމާދު ވަނީ ވިދާޅުވެފައެވެ. އެގޮތުން  ހުޅުމާލެ 2 އިން 16 ވަނަ ޓަވަރާ ދިމާލުން 41،000 އަކަފޫޓުގެ ބިމެއް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާއަކަށް 85ރ. ގެ މަގުން ހިއްސާދާރުންނަށް ބަހަން އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ރޭ ވަނީ ފާސްކޮށްފައެވެ.  

ރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި މި އަދަދު ބަހަން ފާސްވީ ޖަލްސާގައި ބައިވެރިވި، 952،358 ހިއްސާ ތަމްސީލްކުރާ 253 ހިއްސާދާރުންގެ ތެރެއިން 99 ޕަސެންޓުގެ ވޯޓުންނެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;