އެންމެހާ ލޮބުވެތި އުހުތުންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި އަޅުގަނޑުމެން އަޅުގަނޑުމެންގެ ޒީނަތްތެރިކަށް ފޮރުވަން އެބަޖެހެ އެވެ. ހިޖާބަކީ އެއްވެސް ހާލެއްގައި އަޅުގަނޑުމެންގެ ބޯމަތީ އަޅާލާ ކުޑަ ކުޑަ ފޮތިކޮޅަކަށް ކިޔާ އެއްޗެއް ނޫނެވެ. އެއީ އަޅުގަނޑުމެންގެ ވަނާތަށް ނިވާ ކުރުމަށްޓަކައި ﷲ ސުބުހާނަހޫ ވަތައާލާ އަމުރުކެރެއްވީތީ އެއިލާހަށް އަޅުވެތިވުމުގެ ގޮތުން އަޅުގަނޑުމެން ޒީނަތްތެރިކަން ވަންހަނާކުރުމަށް ކިޔާ ނަމެކެވެ.
އެހެން ކަމުން ހިޖާބު އެޅުމަށް ފަހު އަޅުގަނޑުމެންގެ ވަނާތައް ފެންނަ ގޮތަށް އަޅުގަނޑުމެންގެ ޒީނަތްތެރިކަން ފެންނަގޮތަށް ހިލޭ ފިރިހެނުން ކުރިމަތީ އެޒީނަތްތެރިކަށް ކަޝުފު ކުރުން އެއީ ހުއްދަ ވާނެ ކަމެއް ނޫން ކަމަށް އިލްމުވެރިން އިރުޝާދުދެއްވަ އެވެ.
ޝޯސަލް މީޑިއާގެ އެކިއެކި ޕްލެޓް ފޯމްތަކުގައި އަޅުގަނޑުމެންގެ ވަނާތައް ފެންނަ ގޮތަށް،އަޅުގަނޑުމެންގެ ރީތިކަށް ފެންނަ ގޮތަށް މި ފޮޓޯ ތަށް ދޫކޮށްލުން އެއީ އަޅުގަނޑުމެން ފާފަވެރިވާނެ ކަމެކެވެ.
އެހެންވީމަ އެކަމުން ދުރުހެލިވާން ޖެހެ އެވެ.ﷲ އަށް ޓަކައި އިއްފަތްތެރިވެ އެމީހެއްގެ ހަޔާތް ހެޔޮގުތުގައި ހޭދަކޮށްފި ކަބަލަކަށް ﷲ ތައާލާ ސުވަރުގޭގެ މަތިވެރި މަގާމްތަށް ގިޔާމަތް ދުވަހުގައި ދެއްވާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;