ރޯވެ އަނދަމުންދާ ޕްރައިމް ގުދަނަކީ ރާއްޖެއަށް ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައެވެ. އެގުދަނުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުދަލާއި ކެމިކަލްވެސް ހުރިކަން ވަނީ އެނގިފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ އޮފިސަރަކު ވިދާޅުވީ އެ ތަނަށް ދިޔައީ 10:00 ހާއިރު ގުދަނުން ދުން އަރާކަމުގެ ރިޕޯޓް ލިބިގެންކަމަށެވެ. އެހެންނަމަވެސް އެތަނަށް ފުރަތަމަ ވެހިކަލް ދިޔައިރުވެސް މުޅި ގުދަނުގައި ރޯވެފައިވާކަމަށް އެ އޮފިސަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގުދަނުގައި ރޯވި އަލިފާނުގެ ސަބަބުން ގުދަން ކައިރީގައި ހުރި ހަތަރު ފަސް ގެއަކުން މީހުން ހުސްކުރަން ޖެހުނުކަމަށެވެ. އެހެންނަމަވެސްް އެއީ ކިހާ އަދަދެއްގެ މީހުންނެއްކަމަށް ނޭނގޭކަމަށް އޭނާ ބުނެއެވެ.
ގުދަނުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް އެއާޕޯޓްގެ ފަޔާ ވެހިކަލްވެސް މީހާރު ވަނީ ބޭނުން ކުރަން ފަށާފައެވެ. އެ ސަރަހައްދުގައި ފުލުހުންނާއި އެންޑީއެމްއޭގެ އިތުރުންް ރެޑްް ކްރެސެންޓްގެ ޓީމުތައްވެސް ދަނީ ހަރަކާތްްތެރިވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;