ފުލުހުން ދާދި ދެންމެއަކު އެކްްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޯވި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި މާއްދާތައް ހުރި ތަނެއްކަމަށެވެ. އެހެންކަމުން އާއްމުން ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށްޓަކައި، އެ ސަރަހައްދަށް މީހުން އެއް ނުވާން ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އޭގެ އިތުރުން ދުމުގެ އަސަރުކުރާނަމަ، މާސްކު އެޅުން ނުވަތަ ނޭފަތާއި އަނގަ ނިވާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. އަދި ދަތުރުފަތުރު ކުރާ ފަރާތްތަކުން އެހެން މަގުތައް ބޭނުންކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިރޭ 10:00 ޖަހާކަންހާއިރު ގުދަނުގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްްކޮށް ނިއްވާލެވިފައެއް ނުވެއެވެ. އަލިފާން ނިއްވުމަށް އެއާޕޯޓްގެ ފަޔާ ވެހިކަލްްވެސް އަންްނަނީ ބޭނުންްކުރަމުންނެވެ.
އަލިފާންގަނޑު މިހާރު ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފައިވާއިރު، ގުދަން ވަނީ އަނދާ އަޅިއަށްވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;