ads
މާފަންނު ފުލޫނިޔާމަގުގައި ހުރި ޕްރައިމް ގުދަނުގައި ރޯވެ އަނދާ ހުލިވެފައި
ގުދަނުގައި ރޯވުންް، 4 ގެއަކުން 32 މީހުން ވަގުތީ ހިޔާތަކަށް
މާފަންނު ފުލޫނިޔާމަގުގައި ހުރި ޕްރައިމް ގުދަނުގައި ރޯވުމުގެ ސަބަބުން 4 ގެއަކުން މީހުންނެރި ވަގުތީ ހިޔާތަކަށް ގެންގޮސްފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
Advertisement

ރޯވި ޕްރައިމް ގުދަނަކީ ރާއްޖެއަށް ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައެވެ. އެގުދަނުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުދަލާއި ކެމިކަލްވެސް ހުރިކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާން ރޯވެފައިވަނީ ކެމިކަލް ގުދަނެއްގައިކަމަށެވެ. އަދި މިހާރު އަލިފާންގަނޑުވަނީ މިހާރު ކޮންޓްރޯލް ކުރެވިފައިވާކަމަށ އެންޑީއެމްއޭއިން ބުނެއެވެ. ގުދަން ހުރި ސަަރަހައްދުގެ 4 ގެޔަކުން 32 މީހުންވަނީ  ސޯޝަލް ސެންޓަރުގައި މިވަގުތު ގާއިމްކޮށްފައިވާ އިވެކިއުއޭޝަން ސެންޓަރަށް  ވަގުތީގޮތުން ގެންދެވިފައިކަމަށްވެސް އެންޑީއެމްއޭއިން ބުނެއެވެ. 

އެހީތެރިކަމަށް ބޭނުންވާ ބަޔަކު ތިބި ނަމަ ސޯޝަލް ސެންޓަރުގައި ހުރި އެމްޑީއެމްއޭގެ މަރުކަޒަކަށް ދިއުމުން އެކަން ހަމަޖެހޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ. 

މިރޭ 10:00 ޖަހާކަންހާއިރު ގުދަނުގައި ރޯވި އަލިފާންގަނޑު އަދިވެސް އެއްްކޮށް ނިއްވާލެވިފައެއް ނުވެއެވެ. އަލިފާން ނިއްވުމަށް އެއާޕޯޓްގެ ފަޔާ ވެހިކަލްްވެސް އަންްނަނީ ބޭނުންްކުރަމުންނެވެ. 

އަލިފާންގަނޑު މިހާރު ކޮންޓްރޯލްކޮށްފައިވާއިރު، ގުދަން ވަނީ އަނދާ އަޅިއަށްވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;