ads
ވޯޓާސްް ލިސްޓުގައި ކެންޑިޑޭޓުން ސޮައިކުރަނީ
ގުދަނުގައި ރޯވުން، އިންތިހާބާއި ގުޅޭ އެއްޗަކަށް ގެއްލުމެއްނުވޭ: އީސީ
އިންތިހާބާއި ބެހޭ މަރުކަޒާއި ޖެހިގެން ހުރި ގުދަނުގައި ރޯވި ނަމަވެސް އަންނަ މަހުގެ 4 ވަނަދުވަހު ބާއްވަން ތައްްޔާރުވަމުން އަންނަ އިންތިހާބާއި ގުޅޭ އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
Advertisement

ރޯވެ އަނދަމުންދާ ޕްރައިމް ގުދަނަކީ ރާއްޖެއަށް ގަސް ކާނާ އާއި އެކި ބާވަތުގެ ކެމިކަލް ފަދަ ތަކެތި އެތެރެކޮށް ވިއްކާ ޕްރައިމް ފާޓިލައިޒާގެ މައި ގުދަނުގައެވެ. އެގުދަނުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުދަލާއި ކެމިކަލްވެސް ހުރިކަން ވަނީ އެނގިފައެވެ.  

އިލެކްޝަންްސް ކޮމިޝަނުން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން އަންނަ މަހު 4 ގައި ބާއްވާ އެއްވެސް އިންތިހާބެއްގައި ބޭނުންކުރަންޖެހޭ އެއްވެސް އެއްޗަކަށް ގެއްލުމެއް ނުލިބޭކަމަށެވެ.

"އިންތިހާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވީނަމަވެސް، އިންތިހާބާގުޅޭ އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއްނުލިބޭ ވާހަކަ ދަންނަވަން. އަދި މިހާރު އިންތިހާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސް ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ވާހަކަވެސް ދަންނަވަން." އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

ޕްރައިމް ގުދަނަގައިި ރޯވުމުން އެ ސަރަހައްދުގެ 5 ގެއަކުން މީހުން ހުސްކުރަން ޖެހުނުކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި އަލިފާން ނިންވުމަށް އެއާޕޯޓްގެ ފަޔާ ވެހިކަލް މިހާރު އަންނަނީ ބޭނުންކުރަމުންްނެވެ. 


 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;