ads
އުރީދޫއިން ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ހެދުނު އީދު ސައި ބަހަނީ
އުރީދޫއިން ފިތުރު އީދުގެ މުނާސަބަތުގައި އީދު ސައި ހަދިޔާކޮށްފި
އުރީދޫ މޯލްޑިވްސް އިން ފިތުރު އީދު ދުވަހުގެ އުފާ ފާޅުކޮށް މުޖުތަމައުގައި ގުޅުން ބަދަހިކުރުމަށް "އީދު ސައި" ހަދިޔާކޮށްފި އެވެ.
Advertisement

އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް އުރީދޫން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އީދު ނަމާދުގެ ޖަމާއަތަށްފަހުގަ އެވެ. 

އެގޮތުން މާލޭގައި އީދު ސައި ބާއްވާފައިވަނީ ކިންގް ސަލްމާން މިސްކިތް ކުރިމަތީގައެވެ. އަދި ހުޅުމާލޭގައި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ގްރޭންޑް މިސްކިތް (މަސްޖިދުއްޝައިހު ގާސިމް ބިން އާލް-ޘާނީ) ސަރަހައްދުގަ އެވެ.

އުރީދޫން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުގެ ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ.

މިއަހަރުގެ ފިތުރު އީދާ ގުޅިގެންވެސް އުރީދޫން ވަނީ މުވާސަލާތީ ހިދުމަތްތަކުން ޚާއްސަ އޮފާތަކެއް ތައާރަފުކުރުމުގެ އިތުރުން، އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ރާވައިފައެވެ. އޭގެ ތެރޭގައި ރަށްރަށުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ސްޕޮންސާޝިޕް ދިނުމާއި، ކުޑަކުދިންގެ ހަވީރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;