ads
ހަލާކުވެފައިވާ ގާޒާ ގެއެއްގެ ތެރޭ ބަޔަކު ހިމާޔަތް ހޯދަނީ: އިޒްރޭލުގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް ފިނި މޫސުމާ އެކު ވަނީ އިތުރު ހިތްދަތިކަމާ ކުރިމަތިވެފައި. -- ފޮޓޯ: އޭއެފްޕީ
ގާޒާއިން ޝަހީދުވީ މީހުންގެ އަދަދު 75000 އަށް ވުރެ މައްޗަށް
އިސްރާއީލުން ގާޒާއާ ދެކޮޅަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ގަތުލު އާންމުގެ ހަނގުރާމަ ފެށި ފަހުން މަދުވެގެން 75،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 186،093 މީހުން ޒަހަމްކޮށްލާފައިވާ ކަމަށް ގާޒާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
Advertisement

2023 ގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާއަށްފަހު، އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކުގައި ގާޒާ ވަނީ އެއްކޮށް ސުންނާފަތިވެފަ އެވެ. އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޯބަރު 2025 އާ ހަމައަށް އިޒްރޭލުގެ ހަމަލާތަކުގައި ގާޒާގެ 84 ޕަސެންޓް އިމާރާތް ވަނީ ހަލާކުވެ ނުވަތަ ބިމާހަމަވެފަ އެވެ. 

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އިއުލާންކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހުވެސް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 1،738 މީހަކު ޝަހީދުވެފައިވާއިރު، 5،698 މީހަކަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި އިމާރާތްތަކުގެ ދަށުން 800 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑު ވަނީ ނަގާފަ އެވެ.

ގާޒާގެ މިއަދުގެ ހާލަތަކީ ދުނިޔޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިނގި އެންމެ ހިތާމަވެރި އިންސާނީ ކާރިސާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްރާއީލުން ފަލަސްތީނުގެ ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އުމްރާނީ ބިނާތަކުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް ވަނީ ސުންނާފަތިވެފަ އެވެ. އަދި އާންމުންގެ ގެދޮރާއި އަސާސީ ވަސީލަތްތައް އެކުގައިހެން ވަނީ ބިމާ ހަމަކޮށްފަ އެވެ.  

އިޒްރޭލުން ގާއަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފައިވާއިރު، ހަމާސްއިން ބުނަމުން ދަނީ ޔަހޫދީން މަސައްކަތް ކުރަމުން ދަނީ ހަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުން އުވައިލުމަށް ކަމަށެވެ. އިޒްރޭލުންގެ އެންމެ ފަހުގެ އަމަލުތަކަކީ އެއްބަސްވުމާ ސީދާ ހިލާފު، އަދި ހާލަތު އިތުރަށް ގޯސްކޮށްދޭ އަމަލުތަކެއް ކަމަށް އެ ޖަމާއަތުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް