މި އަހަރުގެ ކޮންފަރެންސް ހާއްސަކޮށްފައިވަނީ ދުނިޔޭގެ މަޝްރަހަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރޭގައި، ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ އިގްތިސާދީ އަދި މާލީ ހަމަޖެހުން ގާއިމުކުރުމަށެވެ. މި ކޮންފަރެންސްގައި ދިރާސާކުރާ ފަރާތްތަކާއި، އިލްމީ މާހިރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުޑަ ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ ގޮންޖެހުންތަކުން އަރައިގަނެ، މާލީ ހަމަޖެހުން ދަމަހައްޓާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގެ ފުރަތަމަ ދުވަހު އޮންނާނީ ދިރާސާ ކަރުދާސްތައް ހުށަހެޅުމެވެ. އެމްއެމްއޭއިން މައުލޫމާތު ދޭ ގޮތުގައި މި ބައި ކުރިއަށްދާނީ އެ އޮތޯރިޓީގެ އިމާރާތުގަ އެވެ. އަދި ކޮންފަރެންސްގެ މައިގަނޑު އެޖެންޑާގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގަ އެވެ.
މިއަހަރުގެ ކޮންފަރެންސްގައި ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުދި ގައުމުތަކަށް އިގްތިސާދީ ގޮތުން ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ އެވެ.
އެމްއެމްއޭއިން އެންމެ ފުރަތަމަ ރިސާޗް ކޮންފަރެންސެއް ބޭއްވީ 2024 ވަނަ އަހަރު އެވެ.