ads
އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ނަޒީރު -- ފޮޓޯ: ރައީސް އޮފީސް
އަދާލަތު ޕާޓީގައި ދެމިހުރުމަކީ ހިޔާނާތެއް: ނަޒީރު
މި ވަގުތު އަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމިހުރުމަކީ ހިޔާނާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ ޕާޓީގެ ކުރީގެ އިސް ތަރުޖަމާނު އަދި ކުރީގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.
Advertisement

ނަޒީރު މިފަދައިން ވިދާޅުވިއިރު، ވެރިކަން ކުރާ ޕީއެންސީއާ އެކު މަސައްކަތްކުރަން އަދާލަތު ޕާޓީން މިފަހުން ވަނީ ނިންމާފަ އެވެ. ސަބަބެއް ކަމަށް ބުނީ އިސްލާމް ދީނުގެ ކަންކަން ހަރުދަނާކޮށް ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތައް ބަލައިގަނެ، އެކަމުގައި ބައިވެރިވުމަށް ކަމަށެވެ.

"ދިވެހިންނަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތަކީ ސައްތައިން ސައްްތަ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމި އޮތުން. މިކަމަށް ބުރޫއަރާނޭ އެއްވެސް ކަމެއް ނުކުރައްވާނޭ ކަމަށާއި ދިވެހިރާއްޖޭގެ ބިމާއި ކަނޑުގެ ސަރަހައްދުން އިންޗިއެއްގެ މިންވަރުވެސް ބޭރުގެ ފަރާތަކަށް މިލްކުނުކުރެވޭނޭކަން ކަށަވަރުކުރައްވާނެ ކަމުގެ ޔަގީންކަަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދެއްވާފައި،" އަދާލަތު ޕާޓީގެ ރައީސް މުހައްމަދު ޝިފާން ވިދާޅުވި އެވެ.

ނަޒީރު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ މި ވަގުތު ޢަދާލަތު ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ދެމިހުރުމަކީ ހިޔާނާތެއް ކަމަށް ފެންނާތީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އަދާލަތު ޕާޓީގައި މިހާރު ތިބީ 5،608 މެންބަރުންނެވެ. 

ޕީއެންސީއާ އެކު އަދާލަތު ޕާޓީން ކޯލިޝަން ހަދާފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެ ޕާޓީގެ އޮތީ އެ ސަރުކާރާ އެކު ކޯލިޝަންގަ އެވެ.

އޭގެކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުالله ޔާމީންގެ ސަރުކާރުގައި ވެސް އަދާލަތު ޕާޓީގެ ބައިވެރިވުން އޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް