މި އަހަރުގެ މެއި މަހުގެ ތެރޭގައި ރާއްޖޭގައި ހިމަބިހި ފެތުރެން ފެށިއިރު، ކޮންމެ ހަފުތާއެކު ގިނަ އަދަދެއްގެ ކޭސްތައް ފެނުނެވެ.
އެކަމަކު މަޑުމަޑުން ބަލިޖެހިފައިވާ މީހުންގެ އަދަދު މަދުވަމުން ގޮސް މިދިޔަ ހަފްތާގައި ބަލި ޖެހިފައިވާ އެކަކު ވެސް ފެނިފައި ނުވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މި އަހަރުގެ ޖެނުއަރީން ފެށިގެން 291 މީހަކަށް އެ ބަލި ޖެހިފައިވާއިރު، މިހާތަނަށް ބަލިން ރައްކާތެރިވުމަށް 17،575 ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ހާމަކުރެ އެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ބައެެއް އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ދަނީ ފެތުރެމުންނެވެ. މި ބައްޔަކީ ރާއްޖެ އިން ނައްތާލާފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.
ހިމަބިހިން ރައްކާތެރިވުމަށް