މިއީ 1967 ވަނަ އަހަރުގެ ފަހުން މުސްލިމުންގެ މުގައްދަސް އެއްބިނާ ކަމަށްވާ އަލްމަސްޖިދުލް އަގްސާގައި އީދު ނަމާދުކުރަން ފުރުސަތު ނުދިން ފުރަތަމަ ފަހަރެވެ. އަގްސާ ބަންދުކުރުމާ ގުޅިގެން އަރަބި ލީގުން ބުނެފައިވަނީ، މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށެވެ.
މީގެ ކުރިންވެސް ރަމަޟާން މަހު އަގްސާއަށް ވަނުމަށް އިސްރާއީލުން އެޅި ހުރަސްތަކާ ދެކޮޅަށް ގަދީމީ ރަށުގެ ފާރުން ބޭރުގައި ނަމާދުކުރި މީހުންނާ ދެކޮޅަށް އިސްރާއީލު ފުލުހުން ވަނީ މުގުރާއި، ކަރުނަގޭހުގެ އިތުރުން ގްރެނޭޑް ބޭނުންކޮށްގެން ހަމަލާދީފަ އެވެ.
އަލްމަސްޖިދުލް އަގްސާއަކީ، އިސްލާމީ އިބާދަތާ ގުޅުމެއް އޮތް ތަނެކެވެ. މުސްލިމުން ނަމާދު ކުރުމުގައި އެތައް ޒަމާނެއް ވާންދެން ކުރިމަތިލަމުން އައި ގިބްލަ އެވެ. ހިޖުރައިން ދެވަނަ އަހަރު ޝައުބާން މަހަށް ދާންދެން މުސްލިމުންގެ ގިބުލައަކީ އަލްމަސްޖިދުލް އަގުސާ އެވެ. އިސްލާމީ އުންމަތުގެ އިއްޒަތާއި ޝަރަފު އިއާދަކުރެވެން އޮތީ އަލްއަގުސާ މިސްކިތް މިނިވަންކުރެވިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;