ads
މައުރަޒު ކުރިއަށްދާނީ މިމަހުގެ 25އިން އަންނަ މަހުގެ 2އަށް
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު މިރޭ ހުޅުވައިފި
މައުރަޒު ކުރިއަށްދާނީ މިމަހުގެ 25އިން އަންނަ މަހުގެ 2އަށް
ގިނަ އުފެއްދުންތަކެއް އެއް ތަނަކުން ފެންނާނެ، މި އަހަރުގެ "ދިވެހީންގެ އުފެއްދުންތެރި ކަމުގެ މައުރަޒު" މިރޭ ހުޅުވައިފި އެވެ.
Advertisement

މިއަހަރުގެ މައުރަޒުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 9 ދުވަހުގެ މުއްދަތަށެވެ. އެގޮތުން މިމަހުގެ 25 އިން އަންނަ މަހުގެ 2ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި މައުރަޒު ކޮންމެ ދުވަހަކުވެސް ހަވީރު 16:00 ރޭގަނޑު 23:00 އާއި ހަމަށް އާންމުންނަށް ހުޅުވިފައި ހުންނާނެ އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މައުރަޒު ހުޅުވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ މަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ސާޖިދާ މުހައްމަދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސަރުކާރުގެ ވަޒީރުންގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

މައުރަޒު ހުޅުވައިދެއްވުމަށް ފަހު ރައީސް މުއިއްޒު ވަނީ، މައުރަޒުގެ އުފެއްދުންތައް ބައްލަވާލައްވާފަ އެވެ.

ނުވަ ދުވަހަށް ކުރިއަށްދާ މި މައުރަޒުގައި ބައިވެރިވުމަށް 780 ފަރާތަކުން ރަޖިސްޓްރީކުރިއެވެ. އޭގެތެރެއިން، 419 މީހަކު ވަނީ 4،404 އުފެއްދުން ބައިވެރިކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މައުރަޒުގައި ބައިވެރިކުރި އަދަދާ އަޅާބަލާއިރު، ވަރަށް ބޮޑު އިތުރުވުމެކެވެ

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް