ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ހަދީސް ބަސްފުޅުތަކުން ސާފުވަނީ މީހަކު ރަމަޟާން މަހުގެ ރޯދަހިފުމަށްފަހުގައި ޝައްވާލުމަހުގެ 6 ދުވަސް ރޯދަ ހިފައިފި ކަމުގައި ވާނަމަ އޭނަ މުޅި އަހަރު ދުވަހު ރޯދަ ހިފި ފަދަ ކަމުގައި އެވެ.
އެހެންވީމަ ޝައްވާލުމަހުގެ އެންމެ 6 ދުވަސް ރޯދަ ހިފައިގެން އޭނަ އަށް މުޅި އަހަރު ދުވަހުގެ ރޯދަ ހިފުމުގެ އަޖުރު ލިބޭތީ ޝައްވާލުމަހުގެ 6 ރޯދަ ދޫކޮށްލާކަށް "އޯކޭ" އެއް ނުވާނެ އެވެ.
އެހެން ނަމަވެސް އެއީ ވާޖިބު ކަމަކަށް ނުވާތީ ސުންނަތް މުސްތަހައްބު އަޅުކަމަކަށް ވާތި މީހަކު އެ 6 ރޯދަ ނުހިފި ކަމުގައި ވިޔަސް އަޅުގަނޑުމެން ދަންނަށް ޖެހޭ އެއްޗަކީ އަޅުގަނޑުމެން އެމީހަކާ ދިމާލަށް އެއްޗިއްސެއް ނުކިޔޭނެކަމެވެ.
ރަމަޟާން މަހުގެ ރޯދަ އަށް ފަހު ޝައްވާލު މަހު ހަރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެ މަހުގެ ކޮންމެ ހިސާބެއްގައި ވެސް މި ހަ ރޯދަ ހިފި ދާނެއެވެ. ނަމަވެސް ދެވަނަ ދުވަހުން ފެށިގެން ވިދިވިދިގެން ހަރޯދަ ހިފުން މޮޅު އިތުރު ކަމަށް ބައެއް އިލްމުވެރިން ވިދާޅު ވެއެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;