ads
އެމްްޕީއެލްގެ މުވައްޒަފުންތަކެއް
އެމްޕީއެލްގެ ޓަގަކާއި ލޯންޗެއް ޖެހި މީހަކަށް ފަރުވާދެނީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޓަގަކާއި ލޯންޗެއް ޖެހި މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
Advertisement

ފުލުހުން ބުނީ މި އެކްސިޑެންޓްގެ ރިޕޯޓް ލިބުނީ މިއަދު ހެެނދުނު 10:39 އެއް އެހާކަންހާއިރުކަމަށެވެ. 

މި އެކްސިޑެންޓް ހިނގީ އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުންކަމަށް ފުލުހުން ބުނެއެވެ، އަދި މި އެކްސިޑެންޓް ހިނގި ވަގުތު ލޯންޗުގައި ކެޕްޓަނުގެ އިތުރުން ތިން ފަޅުވެރިން ތިބިކަމަށްވެސް ފުލުހުން ބުނެއެވެ. 

މި އެކްްސިޑެންޓްގައި ލޯންޗު ދުއްވަން އިންް ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށާއި އެހެންނަމަވެސް ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި މި މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;