ads
މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު މިރޭގެ "އަހާ" ފޯރަމްގައި ވާހަކަދައްކަވަނީ.
އުނގަންނައިދިނުމުގައި އޭއައި ބޭނުންކުރެވޭނެ ގާބިލު ޓީޗަރުން ރާއްޖޭގައި އުފެއްދޭނެ: މިނިސްޓަރު
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ކިޔަވައިދެވޭނެ ފަދަ އެކަށީގެންވާ ޓީޗަރުންގެ ފޯސްއެއް ރާއްޖޭގައި އޮންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ޝަފީއު މިހެން ވިދާޅުވީ، ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ޕީއެސްއެމްއިން ގުޅިގެން ކުރިއަށްގެންދިޔަ "އަހާ" ފޯރަމްގެ 10 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މީގެ މާނައަކީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކިޔަވައިދިނުމަށް އެކަށީގެންވާ ގާބިލުކަން ހުރި ޓީޗާ ފޯސްއެއް އިރާދުކުރެއްވިއްޔާ ރާއްޖޭގައި އޮންނާނެ " އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މި ދާއިރާއިން ޓީޗަރުން ހޭލުންތެރިކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ވޭތުވެދިޔަ ރޯދަމަހުވެސް ޓީޗަރުންނަށް ހާއްސަކޮށްގެން އޭއައި ތަމްރީނު ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. މީގެއިތުރުން، ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގެ "އެދުރު" ޕްލެޓްފޯމް މެދުވެރިކޮށް، އޭއައިގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ޓީޗަރުން އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ވެސް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވަނީ އޭއައިގެ ކަންތައްތަކަކީ މިހާރު ޓްރެއިނިންތައް ބާއްވައި، ހީކުރާ މިންވަރަށްވުރެ މާ ފަސޭހައިން ވާން އޮތް ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އެހެންކަމުން މިހާރުގެ މުދައްރިއްސުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުންނަކީ މިކަމަށް އަހުލުވެރި ބޭފުޅުން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި ރާއްޖެއަށް މިކަމުގެ ސަބަބުން ގޮންޖެހުމެއް އޮތްކަމަކަށް ނުފެންނަ ކަމަށް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ޝަފީއު ވާހަކައިގައި ވަނީ މުދައްރިސުންނަށް ތަމްރީންތައް ފޯރުކޮށްދިންނަމަވެސް ބޭނުންވާ ބައެއް އާލާތްތައް ނެތުމުގެ ސަބަބުން ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ސްކޫލްތަކުގެ ކްލާސްރޫމްތަކުގައި ހުރި ވަޞީލަތްތައް ރަނގަޅުކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

އަދި މުދައްރިސުންނަށް ބޭނުންވާ ކޮމްޕިޓަރ ފަދަ ވަސީލަތްތައް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި އެ މަސައްކަތް މިއަހަރު ނިމުމާއެކު ފަށާނެކަމަށެވެ. އެގޮތުން ކޮންމެސްކޫލްއަކަށްވެސް މުދައްރިސުންނަށް ބޭނުންވާ ސިސްޓަމްތައް ބަހައްޓާނެކަމަށާއި ޓެކްނޮލަޖީއެކި އެކި ވަބިލަތްތައް ބޭޏުންކުރުމަށާއި ލެސަން ޕްލޭންއާއި ޓެސްޓް ޕޭޕަރު ތައްޔާރުކުރުން ފަދަ ކަންކަމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް