ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ އެންމެ ފަހުން އަޅުގަނޑުމެންނަށް ކުރެއްވި ވަސިއްޔަތަކީ ވެސް އަޅުތަކުން ނަމާދަށް ފަރުވާތެރި ވުމެވެ. "ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށޭ، ތިޔަބައިމީހުން ނަމާދަށް ރައްކާތެރިވާށޭ" ތަކުރާރުކޮށް ވިދާޅުވިކަމަށް ސާބިތުވެ އެވެ.
މިއަދުގެ ސުވާލަކީ އަޅުގަނޑުމެން އެބޭކަލެއް ދެކެ އެންމެ ލޯބިވާ ކަމަށް ބުނާ ކީރިތި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَގެ މި ވަސިއްޔަތް އަޅުގަނޑުމެން އެބަ ފުންދަށްތޯ އެވެ. ނަމާދަށް އަޅުގަނޑުމެންނަށް ރައްކާތެރި ވެވޭތޯ އެވެ.
ހަމަކަށަވަރުން އިސްލާމްދީނުގައި ނަމާދަށް ވަރަށް މަތިވެރި މަގާމެއް ދެއްވާފައި ވެއެވެ. އެއީ ދީނުގެ އެހެން އެއްވެސް އަޅުކަމަކަށް ވާސިލު ނުވެވޭނެ ފަދަ މަތިވެރި މަގާމެކެވެ.
ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. އެއީ އެ ތަނބަކާއި ނުލައި (އަޅާގެ) ދީން ބިނާ ނުވާނެ ތަނބެވެ.
މުއާޒު ބުނު ޖަބަލް رضي الله عنه ރިވާކުރައްވާފައިވާ ހަދީސްއެއްގައި ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ހަދީސްކުރެއްވި އެވެ.
«أَلَا أُخْبِرُكَ بِرَأْسِ الْأَمْرِ وَعَمُودِهِ وَذرْوَةِ سَنَامِهِ؟» فَقُلْتُ: بَلَى يَا رَسُولَ اللَّهِ. قَالَ: «رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُودُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ» [1]
މާނައީ: “ދީނުގެ އެންމެ އިސްކަމަކީ (އެންމެ މުހިންމުކަމަކީ) ކޮބައިކަމާ އަދި އޭގެ ތަނބާއި އޭގެ ކުރިބޯއްޓާ ބެހޭގޮތުން ކަލޭގެފާނަށް ހަބަރުދެއްވަން ހެއްޔެވެ؟”
ދެން ތިމަން ކަލޭގެފާނު ދެންނެވީމެވެ. “އޭ ﷲ ގެ ރަސޫލާއެވެ! އާދޭހެވެ. (ބުނެދެއްވާށެވެ.)”
އެކަލޭގެފާނު ހަދީސްކުރެއްވި އެވެ. "ދީނުގެ އެންމެ އިސްކަމަކީ އިސްލާމުކަމެވެ. އަދި އޭގެ ތަނބަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ޖިހާދެވެ."
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;