ބަތާއި، ޕާސްތާ އަދި އަލުވި ފަދަ ކާނާ ކައްކާފައި ހޫނުކޮށް ހުންނައިރު ކެއުމުން، އޭގައި ހިމެނޭ ސްޓާޗް ވަރަށް އަވަހަށް ހަށިގަނޑަށް ހަޖަމުވެ، ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށް ދެއެވެ. އެހެންނަމަވެސް، މިފަދަ ކާނާ ކެއްކުމަށްފަހު ފްރިޖުގައި ބަހައްޓައިގެން ފިނިކުރުމުން އޭގެ އަސްލަށް ބަދަލުތަކެއް އާދެއެވެ. މިގޮތަށް ފިނިކުރުމުން އޭގައި ހިމެނޭ ސްޓާޗް، 'ރެސިސްޓަންޓް ސްޓާޗް' އަށް ބަދަލުވެގެން ދެއެވެ. މިއީ ހަށިގަނޑަށް ފައިބަރުގެ ގޮތުގައި މަސައްކަތްކުރާ އެއްޗެކެވެ.
ރެސިސްޓަންޓް ސްޓާޗް ގިނައިން ހުންނަ ކާނާ ކެއުމުން، ގޮހޮރުގައި އެ ހަޖަމުވާލެއް ލަސްވެ، ހަށިގަނޑަށް ނަގާ ކެލަރީޒްގެ މިންވަރު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ. މީގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދީ، ގިނައިރު ވަންދެން ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން، ހަށިގަނޑުގައި ޖަހާފައި ހުންނަ ސަރުބީ، ހާއްސަކޮށް ބަނޑުގެ ފަލަމަސްގަނޑު ވިރުވައިލުމަށް ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.
ޑޮކްޓަރު ފާހަގަކުރި ގޮތުގައި މިއީ ހަށިގަނޑުގެ ހޯމޯންތައް ބަރާބަރަށް މަސައްކަތްކުރުމަށް ވެސް މަގުފަހިކޮށްދޭ ކަމެކެވެ.
ޑޮކްޓަރުގެ މި ވާހަކަތަކުން އެނގޭ ގޮތުގައި، ކާނާ ފިނިކުރުމަކީ ބަރުދަން ލުއިކުރުމަށް އޮތް ވަރަށް ފަސޭހަ އަދި ސިއްހަތަށް ފައިދާހުރި ގޮތެކެވެ. އެންމެ އުފާވެރި ހަބަރަކީ، ފިނިކޮށްފައި ހުންނަ ބަތް ނުވަތަ ޕާސްތާ އަލުން ހޫނުކޮށްގެން ކެއި ނަމަވެސް، އޭގައި އުފެދިފައިވާ ރެސިސްޓަންޓް ސްޓާޗްގެ މިންވަރު މަދުނުވާ ކަމެވެ. އެހެންކަމުން، ރޭގަނޑު ކައްކާފައި ހުންނަ ކާނާ ފްރިޖަށް ލުމަށްފަހު އަނެއް ދުވަހު ހޫނުކޮށްގެން ކެއުމަކީ ބަނޑު ހިއްކާލަން ބޭނުންވާ މީހުންނަށް އޮތް ރަނގަޅު ހައްލެކެވެ.
ކާބޯހައިޑްރޭޓްސް އެއްކޮށް ދޫކޮށްލުމުގެ ބަދަލުގައި މި ގޮތަށް ކެއުން ބައްޓަން ކުރުމަކީ ގިނަ ބަޔަކަށް ފަސޭހައިން ކުރެވިދާނެ ކަމެކެވެ. ފައިސާ ހަރަދުކުރުމެއް ނެތި، ހަމައެކަނި ކެއުމުގެ އާދަތަކަށް ގެންނަ މި ކުޑަ ބަދަލަކީ ރީތި ބައްޓަމަކަށް ހަށިގަނޑު ގެނައުމަށް އެހީތެރިވެދޭނެ ކަމެއްކަން މިހާރު މިވަނީ ސައިންސްގެ އަލީގައި ސާބިތުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;