ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވުން ރައީސް ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށް ޓަކައި ހުރިހާ މަރުހަލާއެއް ފުރިހަމަވެފައި ތިބި މީހުން އެބަތިބި ކަމަށެވެ.
އެހެންނަމަވެސް މަރުގެ އަދަބު ތަންފީޒުކުރަންވާނީ ގަވައިދެއްގެ ދަށުން ނޫން ކަމަށާއި، އެއީ އެކަމަށް ޚާއްސަ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ޓަކައި، އެކަމަށް ހާއްސަ ގާނޫނެއް އެކުލަވައިލުމަށް ޓަކައި ބަންޑާރަ ނައިބުގެ އޮފީހުން ޚާއްސަ ބިލެއް ޑްރާފްޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބިލު ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގައި ހުށަހަޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;