ads
ސަރުކާރުގެ ޓެކްސީ ހޯދަން ގުޅަންވީ ނަމްބަރަކީ 1655
ސަރުކާރުގެ ޓެކްސީ ހޯދަން ގުޅަންވީ ނަމްބަރަކީ 1655
ސަރުކާރުގެ ޓެކްސީ ލައިންގެ ޓެކްސީ ހޯދަން ގުޅަންވީ ނަމްބަރު އެމްޓީސީސީން ދައްކާލައިފިއެވެ.
Advertisement

ޓެކްސީ ހިދުމަތް ދިނުމަށް ސަރުކާރުން ފަށަން ބުނި ޓެކްސީ ލައިންގެ ހިދުމަތް ފަށަން ސަރުކާރުން ވަނީ އެތައް ތާރީހެއް ދީފައެވެ. އެންމެ ފަހުން ބުނީ މިދިޔަ ފިތުރު އީދުގައި ފަށާނެކަމަށެވެ. އެހެންނަމަވެސް އެ ތާރީހަށްވެސް ނުފެށުމުން މި މަސް ނިމުމުގެ ކުރިން ފަށާނެކަމަށް މިހާރު ވަނީ ބުނެފައެވެ. 

އެމްޓިސީސީން މިއަދު ވަނީ ސަރުކާރުގެ ޓެކްސީ ލައިންގެ ނަމާއި ނަމްބަރު ދައްކާލާފައެވެ.ސަރުކާރުގެ ޓެކްސީ ލައިން ދީފައިވާ ނަމަކީ މާލޭ ޓެކްސީއެވެ. ޓެކްސީ ހޯދަން ގުޅަން ޖެހޭ ނަމްބަރަކީ 1655 އެވެ. 

އަމީން ވިދާޅުވީ އެމްޓީސީސީން ޓެކްސީތައް ގެންނަނީ ދެ ބެޗަކަށް ބަހާލައިގެންކަމަށެވެ. އެގޮތުން ދެ ބެޗުގެ ޓެކްސީތައްވެސް ނިމިފައިވާކަން ފާހަގަކުރައްވަމުން އަމީން ވިދާޅުވީ ފުރަތަމަ ބެޗުގެ ޓެކްސީތައް މިއަދު ސްރީލަންކާގެ ޕޯޓަށް ވަންނާނެ ކަމަށެވެ. އަދި އެ ޓެކްސީތައް މިމަހުގެ 11 ވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ޓެކްސީ ލައިންގެ ދެވަނަ ބެޗު ގެންނަނީ ޗައިނާއިން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ޓެކްސީތައްވެސް މިހާރު އުޅެނީ ރާއްޖެ ގެނައުމުގެ މަގުމަތީގައި ކަމަށާއި އަންނަ ހުކުރު ދުވަހު ރާއްޖެ ވަންނާނެކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ. އަދި ޕްލޭންކޮށްފައި ވަނީ ފުރަތަމަ ދެ ބެޗުގައި 150 ކާރު ގެނައުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;