ads
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ގޯތި ލިބުނު ބަޔަކު ބިމާއި ހަވާލުވަނީ
ބިންކޮޅު ދައުލަތަށް ނުދީ އާއިލާ މެންބަރަކަށް ދެވޭގޮތަށް ހަދަނީ
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ފްލެޓް ނުވަތަ ގޯއްޗަށް ކުރިމަތިލާއިރު، އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ސަރުކާރަށް ދޫކޮށްލަންޖެހޭ އުސޫލު ބަދަލުކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
Advertisement

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުގެ އުސޫލު އޮންނަ ގޮތުން  ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް ނުވަތަ ފްލެޓެއް ލިބޭ މީހެއްގެ ނަމުގައި 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅެއް އޮތް ނަމަ، އެ ބިންކޮޅު ދައުލަތަށް ދޭން ޖެހޭކަމަށެވެ. 

އެހެންނަމަވެސް އެ ބިންކޮޅު ސަރުކާރަށް ދިނުމުގެ ބަދަލުގައި އެމީހެއްގެ އާއިލާގެ މެންބަރަކަށް ބަދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސާ އުސޫލަށް ބަދަލު ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ. 

އެގޮތުން ގެންނަ ބަދަލުގެ ދަށުން އެ ބިންކޮޅު އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ ނަންމަށް ބަދަލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ، މި އުސޫލު ބަދަލުކުރަން ނިންމެވީ ވަރަށް ގިނަ ބަޔަކު އެފަދަ ކުދި ބިންކޮޅުތަކުގައި އިންވެސްޓްކޮށް، ލޯނު ނަގައިގެން އިމާރާތްކުރުން ފަދަ މަސައްކަތްތައް ކޮށްފައި މިިހާރު ވެސް ހުރުމުންކަމަށެވެ. 

އުސޫލަށް މި ގެންނަ ބަދަލު ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކަށް ވެސް ތަންފީޒުވާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;