ads
ބޯޑާ 2
"ބޯޑާ 2" ނެޓްފްލިކްސް އަށް ދޫކޮށްލައިފި
މިދިޔަ ޖަނަވަރީ މަހު ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ބޯޑާ 2" ނެޓްފްލިކްސް އަށް ދޫކޮށްލައިފި އެވެ.
Advertisement

ނެޓްފްލިކްސް އިންޑިއާ އިން އެކަން އިއުލާންކޮށް އިއްޔެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯގައި މި ފިލްމުގެ މަޝްހޫރު ލަވަ "ސަންދޭޝޭ އާތޭ ހޭ"ގެ އާ ވާޝަން "ގަރް ކަބް އާއޯގޭ" ބެކްގްރައުންޑް މިއުޒިކެއްގެ ގޮތުގައި ބޭނުންކޮށްފައިވެ އެވެ.

މި ފިލްމުގެ މުހިންމު ރޯލުތައް ކުޅުނީ ސަނީ ޑިއޯލް އާއި ވަރުން ދަވަން އާއި ދިލްޖީތު ދޯސާންޖު އަދި އަހާން ޝެޓީ އެވެ.

400 ކްރޯޑް ރުޕީސްއަށް ވުރެ ބޮޑު އާމްދަނީއެއް މިހާރު ވެސް ލިބިފަވާ "ބޯޑާ 2" އަކީ 1997 ގެ 'ބޯޑާ' އާ ގުޅުވައިގެން ގެނެސްދިން ފިލްމެކެވެ. މީގެ ޑައިރެކްޓަރަކީ އަނޫރާގް ސިންގް އެވެ. އޭނާއަކީ "ދިލް ބޯލޭ ހަޑިއްޕަ" އާއި "ޖެޓް އެންޑް ޖޫލިއެޓް" އާއި "ޕަންޖާބް 1984" އަދި "ކިސާރީ" ކަހަލަ ފިލްމުތަކުގެ ޑައިރެކްޓަރެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;