ads
20 ވަނަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
މަޖިލީހުގެ ވަކި އިންސަތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
Advertisement

ރައީސް މުއިއްޒު މިހެން މިއަދު ވިދާޅުވިއިރު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ 93 ގޮނޑީގެ ތެރެއިން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް އިދިކޮޅު އެމްޑީޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލިހަށް ހުށައަޅުއްވާފައެވެ. 

މީކާއިލް ހުށަހެޅުއްވީ ގާނޫނުއަސާސީގައިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުކުރުމާ ބެހޭ މާއްދާއަށް އަކުރެއް އިތުރުކުރުމަށެވެ.

މިއަދު ނޫސްވެރިންގެ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަންނަ މަހު ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީ އަދި ހިޔާލު ހޯދުމުގެ ވޯޓަށް ފަހުގައި، ދައުލަތުގެ އެކި ކަންކަމަށް އިސްލާހު ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ. 

ރައީސް ވިދާޅުވީ ދައުލަތުގެ އެކި ކަންކަމަށް ގެންނަ އިސްލާހުތައް ބަރޯސާވާނީ ހިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނިންމާ ގޮތެއް މައްޗަށް ކަމަށެވެ.

އެގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނާއި އަންހެނުންނަށް ހާއްސަކުރުމަށް ދިރާސާކޮށް، މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. 

"އެއް ކަމަކީ [މަޖިލިސް މެމްބަރުންގެ] ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުން ކަމުގައި ކަނޑައެޅުން،" ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންމެ ފަސް އަހަރަކުން ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ މެމްބަރުންގެ އަދަދު ކަނޑައެޅުމަށް ވެސް ސަރުކާރުން މަޝްވަރާކޮށްފައިވާ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

ރިޔާސީ އިންތިހާބުގެ ވޯޓު އެއް ބުރުން ނިމޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށާއި ރައީސްގެ ކަމުގެ ހުވާކުރައްވާ ދުވަސް ނޮވެމްވަރު 17 އިން 11 އަށް އަލުން ބަދަލުކުރުން ކަހަލަ އެކި އިސްހާލުތައް ގާނޫނަށް ގެންނަން ޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. 

ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ގޮނޑީގެ ތެރެއިން 30 ޕަސެންޓު ޒުވާނުންނަށް ހާއްސަ ކުރުމަށް ގާނޫނުއަސާސީ ބަދަލު ކުރުމަށް ރައީސް މުއިއްޒުގެ ވިސްނުން ގެންގުޅުއްވާއިރު، މިހާރު ރައްޔިތުން މަޖިލިސް އެތުރިފައިވާ ގޮތް ބަދަލުކޮށް މަޖިލީހުގައި މަތިގެއެއް އަދި ތިރިގެ އެއް އުފެއްދުމަށް އެދޭ ރާއްޖެ ކެމްޕޭން ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"އެދޭ ރާއްޖެ" ކަރުދާހުގައި ބުނާ ގޮތުން މިހާރު ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން ފެންނަ އެންބޮޑު މައްސަލައަކީ މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވެފައޮންނަ އޮތުމެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި ފެހި ގާނޫނޫ އަސާސީން އިންތިހާބުވި ހަތަރު މަޖިލިސް ވެސް އިހުމާލުވުމެވެ. 

ރައްޔިތުންގެ މަޖިލިސް ތަރުތީބުކުރުން

މައްސަލަ: 

ރައްޔިތުންގެ މަޖިލިސް އެކުލެވި ހިނގަމުންދާ ގޮތުން މަޖިލީހަކީ ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރާ ތަނެއްގެ ބަދަލުގައި، އޭރަކު އޮންނަ ސަރުކާރު ހިމާޔަތް ކުރާ ތަނަކަށް ވަނީ ވެފަ އެވެ. އަދި ގާނޫނު ހެދުމާ، ދައުލަތް ޖަވާބުދާރީ ކުރުމުގައި މަޖިލިސްވަނީ އިހުމާލު ވެފައެވެ. 

"އެދޭ ރާއްޖެ" ހުށަހެޅުން: 

ގާނޫނު ހެދުމާއި ދައުލަތް ޖަވާބުދާރީކޮށް ރައްޔިތުންގެ މަސްލަހަތު ޔަގީން ކުރުމަށް ތިރީގައިވާ ކަންކަން އެދޭ ރާއްޖެ ހަރަކާތުން ހުށަހަޅަމެވެ.

1. ރައްތުންގެ މަޖިލީހުގެ މަތިގެއެއް އުފައްދައި، މަތިގެއަށް ހޮވާ މެމްބަރުންނަކީ މުޅި ރާއްޖެ ތަމްސީލުކުރާ މަންދޫބުންތަކެއްކަމަށް ކަނޑައަޅައި، މަތިގެއަށް މަންދޫބުން ހޮވާނީ (ރާއްޖެ 4 ސަރަހައްދަށް ބަހާލައިގެން އެ 4 ސަރަހައްދުން ވޯޓްލައިގެން) މުޅި ރާއްޖެއިން ވޯޓުލައިގެން ކަމަށް ކަނޑައެޅުން.

2. މުޅި އަތޮޅުންނާއި ސިޓީއިން ވޯޓުލައިގެން ތިރިގެއަށް މެންބަރުން އިންތިހާބުކުރާގޮތަށް ބަދަލުކުރުން.

3. ދައުލަތުގެ މިނިވަން މަގާމުތަކަށް ހޮވާ ފަރާތްތައް ނެގުމާއި ވަކި ކުރުމުގެ ޒިންމާ މަތިގެއަށް ހަވާލުކުރުން.

4. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޖަވާބުދާރީވާކަން ޔަގީން ކުރުމުގެ ގޮތުން މަދުވެގެން އަހަރަކު ހަތަރު ފަހަރު ރައްޔިތުންގެ މަޖިލީހުގެ މަތީގެއަށް ހާޒިރުވެ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދާރީވުން.

5. ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް މިނިވަންކަމާއެކު ވޯޓު ލެވޭނެކަން ޔަގީންކުރުން. އަދި ވޯޓުލާ ގޮތަކުން ގޮނޑި ނުގެއްލޭނެކަން ކަނޑައެޅުން

6. ރައްޔިތުންގެ މަޖިލީހުގެ މަތިގެއާ ތިރިގޭގެ މެމްބަރުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމަށް މަޖިލީހުގެ އަދަދާއި ޝަރުތުތަކާމެދު މަޝްވަރާ ކުރުން.

7. ރައްޔިތުންގެ މަޖިލީހުގެ މަތިގޭގައި ހުރިހާ އަތޮޅުތައް ތަމްސީލުވެފައިވުން.

8. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވިޔާފާރި ކުރުން މަނާ ކުރުން. އަދި މަގާމުން ވަކިވުމުންވެސް 2 އަހަރު ވަންދެން ސަރުކާރާއެކު އެއްވެސް ވިޔަފާރިއެއް ކުރުން މަނާ ކުރުން.

ނަތީޖާ: 

މުޅި ދިވެހިރާއްޖެ ހިއްސާވާ ތަރައްގީގެ ތަސައްވުރެއް އެކުލަވާލެވި، ކޮންމެ ފިކުރެއްގެ ސަރުކާރެއް އޮތް ކަމުގައިވިޔަސް، ތަރައްގީގެ ކަންކަން އެއްކީލިވެ، އެއް މިސްރާބަކަށް ދާން މަގުފަހިވާނެ އެވެ. ހަމަ އެހެންމެ، ސިޔާސީ ބޭނުމަށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ ފުރުސަތު ހަނި ކުރެވިގެންދާނެ އެވެ.

ރައްޔިތުންގެ މަޖިލިހަކީ ރައްޔިތުންގެ އަޑު އިއްވާ ތަނެއްގެ ގޮތުގައި ލޭބަލް ކޮށްފައި ވިޔަސް އެއީ ނަމަކަށް އޮތް ތަނެކެވެ. އެތަނުގައި އިއްވަނީ މެޖޯރިޓީ އޮތް ބައެއްގެ އަޑެވެ. ސަރުކާރުގެ އަޑެވެ. ރައްޔިތުންގެ އަޑު އެތަނުން އިވޭ ކަމަށް ގަބޫލުކުރާ ރައްޔިތުންވީ އިންތިހާ އަށް މަދެވެ. އެހެންކަމުން އެދޭ ރާއްޖެ ކަރުދާޙުގައިވާ ހުށައެޅުންތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އަށް އެދެމެވެ.

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;