ads
މެޑަމް ސާޖިދާ، ގދ. ތިނަދޫއަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ - ފޮޓޯ: ޕީއެންސީ
ކެމްޕޭނަށް މެޑަމް ސާޖިދާ ތިނަދޫއަށް މިއަދު ވަޑައިގެންފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕޭނަށް، ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ގދ. ތިނަދޫއަށް ވަޑައިގެންފި އެވެ.
Advertisement

އެކަމަނާ ތިނަދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ވަރަށް ގިނަ ބަޔަކު ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފަ އެވެ.

ފަސްޓްލޭޑީގެ އެ ދަތުރުފުޅުގައި ގޭގެއަށް ޒިޔާރަތް ކުރައްވައި ރައްޔިތުންގެ ހާލު އަންނަނީ ބައްލަވަމުންނެވެ. އަދި މާދަމާ އައްޑޫ ސިޓީއަށްވެސް ފަސްޓް ލޭޑީ ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ ވެސް ކެމްޕެއިން ދަތުރުތަކެކެވެ.

ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދުކުރުމަށް މާލޭގެ ޖަލްސާތަކުގައި ވެސް ފަސްޓްލޭޑީ ކުރިން ބައިވެރިވެވަޑައިގެންފައިވެ އެވެ. އަދި އެކަމަނާ ވަނީ ކައުންސިލު އިންތިހާބަކީ އާންމުކޮށް މަދު ބަޔަކު ވޯޓުލާ އިންތިހާބެއް ނަމަވެސް، މިފަހަރުގެ އިންތިހާބުގައި ގިނަ ބަޔަކު ވޯޓުލުމަށް ގޮވާލައްވައިފަ އެވެ.

އަންނަަ މަހުގެ 4ގައި ލޯކަލް ކައުންސިލް އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުން ވެސް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;