ads
ހަދަމުން ދިޔަ އިމާރާތުން ވެއްޓުނު ބިއްގަނޑު ކައުރީގައި ބަޔަކު މަޑުކޮށްލައިގެން
ހަދަމުން ދިޔަ އިމާރާތަކުން ބައެއް ވެއްޓި، ބަޔަކަށް އަނިޔާވެއްޖެ
އައިޖީއެމްއެޗް ކުރިމަތީގައި ހަދަމުންދާ އިމާރާތަކުން ބައެއް ވެއްޓި، ބަޔަކަށް އަނިޔާވެއްޖެ އެވެ.
Advertisement

ފުލުހުން ބުނީ އައިޖީއެމްއެޗް ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހައިފައިވާ ބިއްގަނޑު ވެއްޓިގެން އެކަމުގެ ރިޕޯޓް މިއަދު ހަވީރު 5:06 ހާއިރު ލިބުނު ކަމަށެވެ.

މި ހާދިސާގައި އެމަގުން އޭރު ދިޔަ ބައެއް މީހުންނަށް ކުދިކުދި އަނިޔާ ލިބުނުނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި ހާދިސާގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ބައެއް އުޅަންތަކަށްވެސް ގެއްލުން ވެފައިވާކަމަށް ފުލުހުން ބުނެ އެވެ. 

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް