ads
އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް އާ ދައުރަކަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަޔަންޔާހޫ އާއި ޕާޓީތަކުގެ ލީޑަރުން ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން. - ފޮޓޯ: އޭއެފްޕީ
އިޒްރޭލުގައި ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިމިއްޖެ
އިޒްރޭލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލިކޫޑް ޕާޓީ އާއި އިދިކޮޅު ލީޑަރު ގާޑީ އައިޒެންކޮޓްގެ ޔަޝާރު ޕާޓީއާ ދެމެދު އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށް ކުރި މަޝްވަރާތައް އެއްބަސްވުމަކާ ނުލައި ނިމުމަކަށް އައުމާ ގުޅިގެން، އިޒްރޭލުގެ ސިޔާސީ ނުތަނަވަސްކަމަށް ހައްލެއް ނުލިބި ދިގުލައިގެން ހިނގައްޖެ އެވެ.
Advertisement

އިޒްރޭލުގެ ރައީސް އައިޒެކް ހާޒޮގް ވަނީ އާ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިދިކޮޅު ލީޑަރު ގާޑީ އައިސެންކޮޓަށް މި މަހުގެ ކުރީކޮޅު ދީފަ އެވެ. އަންނަ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ސަރުކާރެއް އެކުލަވާލުމުގެ މުހުލަތު އޭނާއަށް ލިބިފައި ވާއިރު، އިތުރު ދެ ހަފުތާގެ މުއްދަތެއް އިތުރުކުރުމުގެ އިހުތިޔާރު ވެސް އޮންނާނެ އެވެ. އާ ސަރުކާރެއް އެކުލަވާލެވެންދެން ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ނަތަންޔާހޫ ދެމިހުންނާނެ އެވެ.

މަޝްވަރާތައް ދިގުދެމިގެންދިޔުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ކުއްލި ހާލަތުގެ ގައުމީ ސަރުކާރެއް އެކުލަވާލަން މަޖިލީހަށް ހުށަހަޅަން ތައްޔާރަށް ހުންނެވި ކަމަށް އައިޒެންކޮޓް ވަނީ ވިދާޅުވެފަ އެވެ. ބެލެވޭ ގޮތުގައި އޭނާ މަސައްކަތް ކުރައްވަނީ ފުރަތަމަ މައިނޯރިޓީ ސަރުކާރެއް އުފެއްދުމަށްފަހު ފަހުން އެ ސަރުކާރު ފުޅާކުރުމަށެވެ. ނަމަވެސް، އަރަބި މެންބަރުންގެ ތާއީދާއެކު މިފަދަ ސަރުކާރެއް އުފެއްދުމަށް އައިޒެންކޮޓްގެ ބައިވެރިއެއް ކަމަށްވާ އަވިގްދޯރް ލީބާމަން ދެކޮޅު ހަދަމުންދާތީ، ސިޔާސީ މަސްރަޙު ވަނީ އިތުރަށް ގޮތްނޭނގޭ ފައްތަރަކަށް ވެއްޓިފަ އެވެ. 

ނަމަވެސް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރެއް އެކުލަވައި ނުލެވިއްޖެނަމަ، އިތުރު 14 ދުވަހުގެ މުއްދަތެއް ދިނުމުގެ ބާރު ރައީސަށް ލިބިވަޑައިގަންނަވަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ދެ ފަރާތުން ވެސް ދޫދޭންޖެހޭ މި އެއްބަސްވުމާ ގުޅޭގޮތުން ތެލް އަވީވް ކައިރީގައި އޮންނަ ހަރްޒިލިޔާގެ ހޮޓަލެއްގައި ދެ ޕާޓީގެ މަންދޫބުން ވަނީ ހަތަރު ގަޑިއިރު ވަންދެން ބައްދަލުވުން ކުރިއަށް ގެންގޮސްފަ އެވެ. މިއީ މިދިޔަ އާދީއްތަ ދުވަހު ބޭއްވި ފުރަތަމަ ބައްދަލުވުމަށްފަހު ދެ ޕާޓީގެ ދެމެދުގައި ކުރިއަށްދިޔަ މިފަދަ ދެވަނަ ބައްދަލުވުމެވެ.

މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ، އައިޒެންކޮޓްގެ މުއްދަތު ހަމަވުމުގެ ކުރިން މަދު މެންބަރުންގެ މައްޗަށް އެކުލެވޭ މައިނޯރިޓީ ސަރުކާރަކަށް ގާނޫނު ހަދާ މަޖިލީހުގެ އިތުބާރު އޮތްތޯ ބެލުމަށް ވޯޓަކަށް ދިއުމަށް ޔަޝާރު ޕާޓީން ދަނީ ވިސްނަމުންނެވެ. މިފަދަ ސަރުކާރެއް ދެމިއޮންނާނީ ޔޫސުފް ޖަބަރީން އިސްކޮށް ހުންނަވާ އަރަބް ޖޮއިންޓް ލިސްޓާއި މަންސޫރު އައްބާސްގެ ޔުނައިޓެޑް އަރަބް ލިސްޓުގެ ބޭރުގެ ތާއީދާ އެކުގަ އެވެ.

އިންތިހާބަށް ފަހު ސާފު އަގުލަބިއްޔަތެއް އެއްވެސް ފަރާތަކަށް ލިބިފައިނުވުމުގެ ސަބަބުން، އިޒްރޭލުގެ ސިޔާސީ މަސްރަހު މިވަނީ އިތުރު އޮޅުންބޮޅުންތަކެއްގެ ތެރޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް