ads
ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އަބްދުއްޝަކޫރު
ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު ޝުކޫރު އަވަހާރަ ވެއްޖެ
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ދިގު މުއްދަތެއްގައި މަސައްކަތް ކުރައްވައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަޑް) އަބްދުއް ޝުކުރޫ އަވަހާރަ ވެއްޖެ އެވެ.
Advertisement

އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު 10:15 ގަ އެވެ. 

ފުލުހުންގެ ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށް ފަހު ޝަކޫރު ރިޓަޔާކުރެއްވީ 5 މާޗު 2009 ގަ އެވެ. 

ޝުކުރޫ އަވަރާހަވުމާ ގުޅިގެން ފުލުހުންގެ އިދާރާ އިން ވެސް ޝުކޫރުގެ ހިދުމަތުގެ ހަނދާންތައް އާކޮށް އާއިލާ އަށް މިއަދު ވަނީ ތައުޒިޔާ ކިޔާފަ އެވެ. 

ޝުކޫރު ވަނީ ގައުމީ ދިފާއީ ބާރާއި ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ. އަދި ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމު ކުރި ނާކޮޓިކްސް ކޮންޓްރޯލް ބޯޑުގެ އެންމެ  އިސް ވެރިއެއްގެ ގޮތުގައި އެ އޮފީސް ހިންގަވާފައިވާ  ޝުކޫރަކީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;