ads
މަހުދީ، ފީނައިގެން ހިފި މަސްތަކަކާ އެކު: ކުޅަދާނަ މި ޑައިވަރު މިއަދު ވަނީ ނުރައްކާ ރެސްކިއު އޮޕަރޭޝަނެއްގައި ނިޔާވެފައި. - ފޮޓޯ: މިހާރު
ޑައިވަރުން މައްޗަށް އެރި އިރު މަހުދީއެއް ނެތް، ފެނުނީ ހޭނެތިފައި އޮއްވައި!
އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ބައިވެރިވި ސިފައިން ފެނުން މައްޗަށް އެރި އިރު، ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.
Advertisement

މަހުދީ މަރުވީ ޑައިވަރުން ހޯދުމުގެ ރެސްކިއު އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާއަކީ ސިފައިންގެ ތެރޭގައި ހުރި އެންމެ ކުޅަދާނަ އަދި ތަޖުރިބާކާރު އެއް ޑައިވަރެވެެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސަރުކާރުގެ އިސް ތަރުޖަމާން މުހައްމަދު ހުސެން ޝަރީފް (މުންދު) ވިދާޅުވީ މިއަދުގެ އޮޕަރޭޝަނުގައި އަށް ޑައިވަރުން ބައިވެރިވި ކަމަށާއި އެ މީހުންނާ އެކު މަހުދީ ފެނުން މައްޗަށް ނާރާ ކަމަށެވެ. 

"މިއަދު ފީނަން ފޭބި އަށް ޑައިވަރުން. އެ މީހުން މައްޗަށް އެރި ފަހުން އެނގުނީ މަހުދީ މައްޗަށް ނާރާކަން،" މުންދު ވިދާޅުވި ކަމަށް ބީބީސީން ރިޕޯޓުކޮށްފައިވެ އެވެ.

ގެއްލިފައިވާ ޓޫރިސްޓުން ހޯދުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހަވީރު ވަޑައިގަތުމުން ސިފައިން ދިން ބްރީފިންގައި ވެސް ބައިވެރިވި މަހުދީއަށް ފަރުވާ ދިނުމަށް މެންދުރު ފަހު އޭޑީކޭއަށް ގެންދިޔަ ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އޭނާ ނިޔާވީ އެވެ. 

މި ހިތާމައިގެ ހަބަރާ އެކު، އެތައް ބަޔަކު އޭނާގެ ގުރުބާނީ ފާހަގަކޮށް ހެޔޮ ދުއާކުރަމުން ދާއިރު އޭނާ ދަންނަ މީހުން ފާޅުކުރަމުން އަންނަނީ އޭނާގެ ކެރުމާއި ގާބިލްކަމުގެ ވާހަކަ އެވެ. 

މަހުދީގެ ކެރުމާއި ހުނަރަށް ހެކިދެނީ ހަމައެކަނި ސިފައިންނެއް ނޫނެވެ. ރާއްޖޭގެ ފުންނާބު އުސް ޑައިވަރު ޝަފްރާޒް ނައީމް، މަހުދީއަށް ތަމްރީނު ދިން މީހެއްގެ ހައިސިއްޔަތުން ބުނީ މަހުދީއަކީ އޭނާ މަސައްކަތްކުރި އެންމެ ހިތްވަރުގަދަ "ޓީމް މޭޓު" ކަމަށެވެ. 

މަހުދީގެ ހިތްވަރު އޭނާ ދަންނަ ގިނަ ބަޔަކު ފާހަގަކުރި އެވެ. އެންމެން ވެސް ބުނަމުން ދިޔައީ އެއީ މީހުންނާ ގުޅޭ، އެކުވެރި އަދި އަބަދު ވެސް އެހީތެރިވުމަށް ތައްޔާރަށް ހުރި މީހެއް ކަމަށެވެ.

އޭނާގެ ވަކިވުމާ ގުޅިގެން، 2005 ވަނަ އަހަރު މަހުދީއާއެކު ސިފައިންގެ ތަމްރީނު ފެއްޓެވި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި، މަހުދީއަކީ އޭރު ވެސް ހިތްވަރާއި އަދަބުވެރިކަމުގައި އަރާ ހުރި ސިފަވެރިއެކެވެ. އޭނާއަކީ ރާއްޖޭގައި ހުރި އެންމެ ގާބިލު އެއް ޑައިވަރެވެ.

"މަހުދީއަކީ ރާއްޖޭގައި ހުރި އެންމެ ގާބިލު އެއް ޑައިވަރު. ކަނޑުގެ 70 މީޓަރު އަޑީގައި ހިންގާ ނުރައްކާތެރި އޮޕަރޭޝަންތަކުގައި އޭނާ ވަނީ އެތައް ހާސް ޑައިވްތަކެއް ކޮށްފައި،" ފޭސްބުކްގައި އިހުސާން ލިޔުއްވާފައި ވެއެވެ.

މި އޮޕަރޭޝަނަކީ ކަނޑުއަޑީގައި ގެއްލިފައިވާ އިޓަލީގެ މަޝްހޫރު ތަޖުރިބާކާރު މެރިން ބަޔޮލޮޖިސްޓް، މޮނިކާ މޮންޓެފަލްކޯން އާއި އިތުރު ބަޔަކު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި މޮނިކާގެ 22 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކަލް އާއި، ދިރާސާވެރިއެއް ކަމަށްވާ 31 އަހަރުގެ މުރިއަލް އޮޑެނީނޯ އާއި، 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީގެ އިތުރުން 44 އަހަރުގެ ޑައިވިން އިންސްޓްރަކްޓަރު ޖިއަންލޫކާ ބެނެޑެއްޓީ ހިމެނެ އެވެ. މި އެންމެން ވެސް މިހާރު ވަނީ މަރުވެފައި ކަމަށް ބެލެވެ އެވެ. މި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހިތާމަވެރި ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން މަރުވީ ކަނޑުގެ 60 މީޓަރު އަޑީގައިވާ ހޮހޮޅައެއްގަ އެވެ. ނަމަވެސް ދިވެހި ކޯސްޓްގާޑު ޑައިވަރުން ތަމްރީންވެފައި ތިބެނީ 50 މީޓަރާ ހަމައަށް ޑައިވް ކުރުމަށެވެ. 

ގެއްލުނު ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރުގެ އަޑިން ހޮހޮޅައިގެ ތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. ބާކީ ހަތަރު މީހުންގެ ހަށިގަނޑު ވަނީ ހޮހޮޅަ ތެރޭގައި ކަމަށް ބެލެވެ އެވެ. 

ޑައިވް ކުރުމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި ހޮހޮޅައިގެ އެންޓްރެންސް ނުވަތަ ވަންނަ ދޮރު ހުންނަނީ 55 މީޓަރާއި 60 މީޓަރާ ދެމެދުގެ ހިސާބެއްގަ އެވެ. 

މަހުދީ ނިޔާވި އިރު، މިފަދަ ނުރައްކާތެރި އޮޕަރޭޝަނަކަށް ބޭނުންވާ ސާމާނު ނެތުމުން ސިފައިން މަސައްކަތް ކުރަމުން ދަނީ ވަރަށް ބޮޑު "ރިސްކަކާ އެކު" ކަމަށް ސިފައިންގެ އިސްވެރިއަކު ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;