މި ޕްރޮގްރާމް ލޯންޗުކޮށްފައިވަނީ ރޭ ބޭއްވި އެސްޓީއޯގެ އަހަރީ އިނާމު ޖަލްސާގެ ތެރެއިންނެވެ. މި ލޯޔަލްޓީ ޕްރޮގްރާމްގެ ހާއްސަ އިނާޔަތްތައް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ސަރަހައްދުގެ އެސްޓީއޯގެ އައުޓްލެޓްތަކުން ވިޔަފާރި ކުރާ ފަރާތްތަކަށެވެ.
ލޯޔަލްޓީ ޕްރޮގްރާމްގައި ފުރަތަމަ އެސްޓީއޯގެ ހިއްސާދާރުން ބައިވެރިކުރާއިރު ހިއްސާދާރުން ލޯޔަލްޓީ ޕްރޮގްރާމުގައި ރެޖިސްޓާ ކޮށްފައި ވަނީ، އެންމެ މަތީ ދަރަޖަ "ޕްލެޓިނަމް" ގައި ކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.
އެ ގޮތުން ހިއްސާދާރުންނަށް ޝެއާ ހޯލްޑާ ޕޯޓަލް މެދުވެރިކޮށް ލޯޔަލްޓީ ކާޑް ކްލެއިމް ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯގެ ލޯޔަލްޓީ ޕްރޮގްރާމްގައި ހިމެނޭ ކޮންމެ ދަރަޖައަކުންވެސް އެސްޓީއޯގެ ކަނޑައެޅޭ އައުޓްލެޓްތަކުން ވިޔަފާރިކޮށްގެން ޕޮއިންޓް ލިބޭނެ އެވެ. އަދި ވިޔަފާރިކުރާ މިންވަރުން ކާޑުގެ ދަރަޖަ މަތިވެގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
ލޯޔަލްޓީ ޕްރޮގްރާމުގެ ކޮންމެ ކާޑެއްގައިވެސް 200 ޕޮއިންޓް ހަމަވުމުން ލޯޔަލްޓީ ކާޑް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތްތަށް ފައިސާ ދެއްކޭނެ ކަމަށާއި ޕޮއިންޓް ބޭނުންކުރަން ދެ އަހަރު ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.
ލޯޔަލްޓީ ކާޑު މެދުވެރިކޮށް ވިޔަފާރި ކުރެވޭ އައުޓްލެޓްތައް:
މިވަގުތު ލޯޔަލްޓީ ޕްރޮގްރާމުގައި ރަޖިސްޓްރީކޮށްފައި ވަނީ ވަކިވަކި ފަރުދުންގެ ގޮތުގައި ތިބި އެސްޓީއޯގެ ހިއްސާދާރުން ނަމަވެސް ކުރިއަށް އޮތް ތަނމުގައި ލޯޔަލްޓީ ޕްރޮގްރާމުގައި އާންމު ކަސްޓަމަރުންނަށް ވެސް ހުޅުވައިލާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;