ފުލުހުން ބުނީ އެ ސިޓީގެ "ކްރެބް ބީޗް" ސަރަހައްދުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓް ލިބުނީ ރޭ 11:23 އެހައިކަންހާއިރު ކަަމަށެވެ.
އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު، ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، 11:45 އެހައިކަންހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަަމަށެވެ.
ސިފައިންނާއި ފުލުހުންނަށް ރޯވި ކާރުގައި ހިފި އަލިފާން ނިއްވާލެވުނުއިރު، ކާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;