ދިވެހިރާއްޖޭން މިކަމަށް ގޮވާލެއްވީ އދ. ގެ ހިޔުމަން ރައިޓްސް ކައުންސިލްގެ 61ވަނަ ބައްދަލުވުމުގައި އިއްވެވި ބަޔާނުގަ އެވެ. ރާއްޖޭގެ ފަރާތުން މި ބަޔާން އިއްވެވީ ޖިނީވާގައި ހުންނަ އދ. ގެ އޮފީހަށް ރާއްޖޭން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
ޑރ. ސަލްމާ ރަޝީދު ދެއްވި ބަޔާނުގައި ވިދާޅުވީ ހުރިހާ އިންސާނީ ހައްގަކީ އެއް ހައްގު އަނެއް ހައްގާ ގުޅިލާމެހިފައިވާ ކޮންމެ އިންސާނަކާވެސް ގުޅިފައިވާ ހައްގެއް ކަމަށް ކަނޑައަޅާ ވިއެނާ ޑިކްލަރޭޝަނަށް ރާއްޖެއިން ތާއީދުކުރާ ކަމަށެވެ.
މީގެ އިތުރުން އިޒްރޭލުން ހިންގަމުންދާ އުދުވާނީ އަމަލުތަކާއި ސަރަހައްދީ ހަމަޖެހުން ނަގާލުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން ވަރުގަދަ އަދި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން ކުރާ ގޮވާލުން ސަފީރު ވަނީ ތަކުރާރު ކުރައްވާފަ އެވެ.
އެމެރިކާ-އިޒްރޭލުން އަންނަނީ މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް ނިރުބަވެރި ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ ހަމަޖެހުން ވަނީ ގެއްލިފަ އެވެ. އެގޮތުން، އެމެރިކާ-އިޒްރޭލުން ދަނީ ކެނޑިނޭޅި ލުބުނާނާއި ސީރިއާ އާއި ޔަމަނާއި އީރާނުގެ ސަރަހައްދުތަކަށް ހަމަލާދެމުންނެވެ. އަދި ފަލަސްތީނުގެ ސަރަހައްދުތަކަށް އަތްގަދަކުރުމަށް އެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށްވެސް ނިމުމެއް ނާދެ އެވެ.
އެމެރިކާ-އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދޭން ފަށައި އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އިސް އެތައް ބަޔަކު ވަނީ އަވަހާރަކޮށްލައިފަ އެވެ. އީރާންގެ އަސްކަރީ އެކި މަގާމުތަކާއި އަސްކަރީ މަނަވަރުތަކަށް ކެނޑިނޭޅި ހަމަލާދެމުން ދާއިރު މަރުވި މީހުންގެ އަދަދު ވަނީ ދެ ހާހަށް ވުރެ އިތުރުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;