އަލައިކާ މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އާޝިޔަތު އަލައިކާ އަދުދާންގެ ކެމްޕެއިންގެ މައިގަނޑު ޝިއާރަކަށް "ބަދަހި އާއިލާއެއް ބިނާކުރުން" ރޭ އިފުތިތާހުކުރުމަށް ބޭއްވި ހަފްލާގައި އެވެ. ހުޅުމާލޭގައި ބޭއްވި ހަފުލާއެއްގައި އެ ޝިއާރު އިފުތިތާހު ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ.
ކެމްޕެއިންގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި "ބަދަހި އާއިލާ" ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ، ގައުމެއް ބިނާ ކުރުމާއި ތަރައްގީ ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ގައުމެއްގެ ސިޓީތަކާއި އާއިލާތައް ތަރައްގީވުން ކަމަށެވެ.
އޭނާގެ ތަސައްވުރުގެ ދެން އެންމެ މުހިންމު ކަމަކީ ފުދުންތެރިކަން އިތުރު ކުރެވޭނެ ކަންކަން ކުރުމެވެ.
އަންހެނުންގެ ކޯޕަރޭޓިވްތަކެެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދެއް ކަމަށް ވާއިރު ދިވެހިން އާޓިސްޓުންގެ އުފެއްދުންތައް މާކެޓު ކުރުމާއި އުކާލާ ތަކެތިން ތަކެތި އުފައްދައި މާކެޓު ކުރުމަށް މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިސްކަންދޭނެ ކަަމަށް އަލައިކާ ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;