މިއީ ކުއްޖާ ގަސްދުގައި ކުރާ ކަމެއް ނޫންކަމާއި، އޭގެ ފަހަތުގައިވާ ސައިންސާއި ނަފްސާނީ ހަގީގަތްތައް ތިރީގައި މިވަނީއެވެ.
ސިކުނޑީގެ އެތެރޭގައި ހިނގަނީ ކޮންކަމެއް؟
ކުއްޖަކު ކުއްލިއަކަށް ރުޅިގަދަވާއިރު ސިކުނޑީގައި ހިނގާ ކަންކަން ދެނެގަތުން ވަރަށް މުހިންމެވެ. ޔޫސީއެލްއޭ ގެ ސްކޫލް އޮފް މެޑިސިންގެ މަޝްހޫރު ޕްރޮފެސަރު އަދި "ދަ ހޯލް-ބްރެއިން ޗައިލްޑް" ގެ މުސައްނިފު ޑރ. ޑެނިއަލް ސީގަލް މި ހާލަތް ސިފަކުރައްވަނީ "ފްލިޕިންގ ދަ ލިޑް" ގެ ގޮތުގައެވެ.
ގޯސް އުޅުމެއް ނޫން، އެއީ އުނިވެފައިވާ ހުނަރުތަކެއް
ހާވަރޑް މެޑިކަލް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސަރު އަދި ކްލިނިކަލް ޗައިލްޑް ސައިކޮލޮޖިސްޓް ޑރ. ރޮސް ގްރީން އޭނާގެ މަޝްހޫރު ދިރާސާތަކުގައި ފާހަގަކުރައްވާ ވަރަށް މުހިންމު ނުކުތާއެއް ވެއެވެ.
ކުއްލިއަކަށް އަންނަ ރުޅިގަނޑުގެ ފަހަތުގައި ގިނަ ފަހަރަށް ހުންނަނީ އަޅުގަނޑުމެންނަށް ނުފެންނަ، ނަމަވެސް ސައިންޓިފިކް ގޮތުން ސާބިތުވާ ސަބަބުތަކެއް އެބައޮތެވެ.
ސެންސަރީ އޯވަލޯޑް : އަޑުގަދަވުމާއި، މީހުން ގިނަވުމާއި، ނުވަތަ މާ ގިނައިން ސްކްރީން ބެލުމުގެ ސަބަބުން ކުއްޖާގެ ނާވަސް ސިސްޓަމަށް ނުކަތާ ވަރަށް މައުލޫމާތު ލިބުމުން ސިކުނޑި "ކްރޭޝް" ވެއެވެ.
ހަށިގަނޑުގެ ބަޖެޓު ހުސްވުން: ޕީޑިއެޓްރިކް ސައިކޮލޮޖިސްޓް ޑރ. މޯނާ ޑެލަހޫކް ވިދާޅުވާ ގޮތުގައި، ކުއްޖާއަށް އެކަށީގެންވާ ވަރަށް ނިދި ނުލިބުމާއި، ބަނޑުހައިވުމާއި، ނުވަތަ ވަރުބަލިވުމުން ކުއްޖާގެ "ބޮޑީ ބަޖެޓް" ހުސްވެއެވެ. މި ހާލަތުގައި ސިކުނޑިއަށް ކުދިކުދި ކަންކަން ވެސް ސިފަވަނީ ބޮޑު ނުރައްކަލެއްގެ ގޮތުގައެވެ.
ފޮރުވިފައިވާ ހާސްކަން: ރުޅިވެރިކަމުގެ ގޮތުގައި ބޭރަށް ފެންނަ ގިނަ އަމަލުތަކުގެ އަޑީގައި އޮންނަނީ ކުއްޖާ ބިރުގަތުމާއި، ހާސްވުމާއި، ނުވަތަ ކަންބޮޑުވުމެވެ.
މައިންބަފައިންނަށް ކުރެވިދާނެ ކަންކަން
މިފަދަ ހާލަތްތަކުގައި ޑޮކްޓަރުން ލަފާދެއްވާ މައިގަނޑު ކަންތައްތަކަކީ:
އަމިއްލަ ނަފްސު ހަމަޖެއްސުން : ކުއްޖާ ހާސްވެފައިވާ ވަގުތު ތިބާވެސް ރުޅިގަދަވެއްޖެނަމަ އަލިފާނަށް ދަރު އެޅުން ފަދަ ކަމަކަށް އެކަން ވާނެއެވެ. ތިބާގެ ހަމަޖެހޭ ނޭވާއާއި މަޑުމައިތިރި އަމަލުތަކުން ކުއްޖާގެ ނާވަސް ސިސްޓަމަށް ރައްކާތެރިކަން އިހުސާސްކޮށްދޭށެވެ.
ނަސޭހަތް ދިނުން ފަސްކުރުން: ކުއްޖާގެ "އެމިގްޑަލާ" އެކްޓިވްވެފައިވާ ވަގުތު ނަސޭހަތް ދިނުމުގެ ބޭނުމެއް ނެތެވެ. ކުއްޖާގެ ރުޅިގަނޑު މައިތިރިވެ، ސިކުނޑި ހަމައަކަށް އެޅެންދެން (ގާތްގަނޑަކަށް 20-30 މިނެޓު) މަޑުކޮށްލާށެވެ.
ހަމްދަރުދީވުން: ކުއްޖާގެ އިހުސާސްތައް ގަބޫލުކުރާކަން އަންގައިދޭށެވެ. "މަންމައަށް އެނގޭ ދަރިފުޅު ވަރަށް ދެރަވެއްޖެކަން/ރުޅިއައިސްފިކަން" މިފަދަ އިބާރާތްތައް ބޭނުންކުރާށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;