ބައެއް ސްކޫލުތަކުން ދަރިވަރުންނަށް އިއްޔެ އަންގާފައި ވަނީ ސްކޫލަށް ހާޒިރުވާއިރު ރަސްމީ ޔުނީފޯމުގެ ބަދަލުގައި، އެކްޓިވިޓީ ޔުނީފޯމުގައި ދިއުން މައްސަލައެއް ނޫން ކަމަށެވެ.
މެޓް އޮފީހުން ވަނީ، ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގައި، ވަކިން ހާއްސަކޮށް މާރިޗް މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުގައި އެންމެ ހޫނުގަދަވާ ދެ މަސްކަން ފާހަގަކޮށްފައެެވެ.
އަދި މި ދުވަސްވަރު މާބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން މެޓް އޮފީހުން ފާހަގަކުރެ އެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް އިހުސާސްކުރެވޭ ހޫނުމިން ހުރީ އެވްރެޖުކޮށް 35.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. އަދި އާންމު ހޫނުމިން ހުރީ އެވްރެޖުކޮށް 31.2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ.
މެޓު އޮފީހުން ބުނީ، އޭޕްރީލް މަހުގެ މެދަކާ ހަމައަށް މި ހޫނު ދެމިގެންދާނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;