ads
"ނޮޓް އަ ރޮބޮޓް" ފިތާލުމުގެ ކުރިން ސަމާލުވޭ!
"ނޮޓް އަ ރޮބޮޓް" ފިތާލުމުގެ ކުރިން ސަމާލުވޭ: އާ ސްކޭމެއް!
އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ވެބްސައިޓްތަކަށް ވަންނައިރު ފެންނަ "އައި އެމް ނޮޓް އަ ރޮބޮޓް" ނުވަތަ ކެޕްޗާ ވެރިފިކޭޝަންތަކަށް ސަމާލުވުމަށް ސައިބާ ސެކިއުރިޓީ މާހިރުން އިންޒާރުދީފި އެވެ.
Advertisement

މިއީ މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި އާ ސްކޭމެއްގެ ފެށުން ކަމަށް މާހިރުން ބުނެއެވެ.

"ކްލިކްފިކްސް" ގެ ނަމުން ނަންދެވިފައިވާ މި ސްކޭމްގައި، އިންޓަނެޓް ބޭނުންކުރާ މީހުންނަށް އޮޅުވާލައިގެން ކޮމްޕިއުޓަރުގެ ކީބޯޑުން ވަކި ކީތަކެއްގެ ކޮމްބިނޭޝަނެއް ފިތުމަށް މަޖުބޫރުކުރުވަ އެވެ. މިއީ ވެބްސައިޓްތަކުން ފެންނަ ސައްހަ ނޫން ކެޕްޗާ ޕޮޕްއަޕް މެސެޖުތަކެއް މެދުވެރިކޮށް ހިންގާ އޮޅުވާލުމެކެވެ.

މިފަދަ ކޮމާންޑްތައް ކޮމްޕިއުޓަރުގައި ހިންގުމުން، ބޭނުންކުރާ މީހާއަށް ނޭނގި، ނުރައްކާތެރި މާލްވެއާ ކޮމްޕިއުޓަރަށް ޑައުންލޯޑްވެ، އެ ރަންވެގެން ދެއެވެ. މީގެ ސަބަބުން ކޮމްޕިއުޓަރުގެ ސެކިއުރިޓީ ގެއްލި، ބޭނުންކުރާ މީހާގެ އަމިއްލަ މައުލޫމާތާއި، އެކައުންޓްތަކަށް ވަންނަން ބޭނުންކުރާ ޕާސްވޯޑްތަކާއި ކްރެޑެންޝިއަލްސް ނުރައްކަލުގެ ތެރެއަށް ވެއްޓި، ވަގަށް ނެގުމުގެ ފުރުސަތު ބޮޑުވެ އެވެ.

ސައިބާ ސެކިއުރިޓީ ރިސާޗަރުން ވަނީ މިފަދަ ނުރައްކާތެރި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، އިންޓަނެޓް ބޭނުންކުރާއިރު ސަމާލުވުމަށާއި، ޝައްކުކުރެވޭ ފަދަ ޕޮޕްއަޕްތަކުން ދޭ އިރުޝާދުތަކަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް